ފިޔާގެ ސްޓޮކް އެބަހުރި، އެއްވެސް ދަތިކަމެއް ނެތް: އެސްޓީއޯ

ފިޔާގެ ސްޓޮކް އެބަހުރި ކަމަށާއި، ފިޔާލިމުގައި ދަތިކަމެއް ނެތް ކަމަށް އެސްޓީއޯއިން ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ބުނަމުންދާ ގޮތުގައި ބާޒާރުގައި ފިޔާ ލިބުމުގެ ދަތިކަމެއް އެބަ އުޅެއެވެ.
އެކަމާއި ގުޅިގެން އެސްޓީއޯގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެސްޓީއޯގައި ފިޔާގެ ސްޓޮކް އެބަހުރި ކަމަށެވެ. އަދި ފިޔާ ވިއްކަމުންދާ އަގަށް ވެސް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ.
"ފިޔަލުގެ އިތުރު ޝިޕްމެންޓެއް ވެސް އައުމުގެ މަގުމަތީގައިވީ." އޮފިޝަލު ވިދާޅުވިއެވެ.
މެދު އިރުމަތީގައި ހިންގަމުންދާ ހަނގުރާމައާއި ގުޅުގެން ދުނިޔޭގެ އެކި ކަންކޮޅުތަކެއް އެކި ތަކެތި ލިބުމުގެ ދަތިކަން ދަނީ ކުރިމަތިވަމުންނެވެ. ހާއްސަކޮށް ތެލުގެ އަގު ބޮޑުވުމާއިއެކު ތަކެތީގެ އަގު ވެސް ވަނީ މައްޗަށް އަރާފައެވެ.
ނަމަވެސް ދިވެހި ސަރުކާރުން ގެންދަނީ މި ދަތި ވަގުތުގައި ވެސް ރައްޔިތުންނަށް ދަތިނުވާނެ ހެން ކަންކަން ރާވަމުންނެވެ. އެގޮތުން ބޭނުންވާ ތަކެތި ހުސްނުވާނެހެން ހޯދުމުގެ މަސައްކަތާއި ބާޒާރުގައި އަސާސީ ކާބޯތަކެތީގެ އަގު އެއްވަރެއްގައި ބެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.
އިތުރަށް





.gif.gif&w=828&q=100)