
ބޮޑު ކަންނެލި މަސްވެރިންނަށް ވެސް މިހާރު 48 ގަޑިއިރުތެރޭ ބަރާބަރަށް ފައިސާ ލިބޭ!
ޒައުޖަތު އަޙުމަދުބޮޑު ކަންނެލި މަސްވެރިންނަށް ވެސް މިހާރު 48 ގަޑިއިރުތެރޭ ބަރާބަރަށް ފައިސާ ލިބޭކަން މިފްކޯގެ ތަފާސް ހިސާބުތަކުން ހާމަވެއްޖެއެވެ.
ދައުލަތުގެ މަސް ކުންފުނި މިފްކޯއިން މިއަދު ހާމަކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، ރޯދަމަހުގެ 2 ވަނަ ދުވަހު (19 ފެބުރުއަރީ ގައި) މަސްވެރިން މިފްކޯއަށް ކިރުވި މަހަށް މިއަދު ވަނީ ފައިސާ ދޫކޮށްފައެވެ.
އެގޮތުން 19 ވަނަ ދުވަހު 7 ދޯންޏަކުން ކިރުވި މަހަށް މިފްކޯއިން ވަނީ 371،625.00 ރުފިޔާ ދޫކޮށްފައެވެ.
މީގެތެރޭގައި ކަޅުބިލަ މަސް ކިރުވި 6 ދޯންޏަކަށް ވަނީ 334،400.00 ރުފިޔާ ދޫކޮށްފައެވެ.
ކަޅުބިލަމަހުގެ އިތުރުން ކަންނެލި ވެސް މިފްކޯއަށް ގަންނަން ފަށާފައިވާއިރު ކަންނެލި ގަންނަނީ 2 އަގެއްގައެވެ. އެއީ 10 ކިލޯއިން މަތި 20 ރުފިޔާ އަދި 15 ކިލޯއިން މަތީގެ ކަންނެލި 25 ރުފިޔާއަށެވެ.
މިގޮތުން 19 ވަނަ ދުވަހު 2 ދޯންޏަކުން ކިރުވި 10 ކިލޯއިން މަތީގެ ކަންނެއްޔަށް 19،140.00 ރުފިޔާ މިއަދު ދޫކޮށްފައިވެއެވެ. އަދި 15 ކިލޯއިން މަތީގެ ކަންނެލި ކިރުވި 2 ދޯންޏަށް 17،625.00 ރުފިޔާ ދޫކޮށްފައިވެއެވެ.
މަސްވެރިން މިފްކޯއަށް ކިރުވާ މަހަށް ބަރާބަރަށް ފައިސާ ދިނުމަކީ ކުރީގެ ސަރުކާރުތަކަށް ނުވި ކަމެއް ނަމަވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުތެރޭ ފައިސާ ދޫކުރަމުންނެވެ.
ކަންނެލި މަސްވެރިން ބާނާ ކަންނެލި މީގެކުރިން ކިރުވަމުން އައިސްފައި ވަނީ އަމިއްލަ ކުންފުނިތަކަށެވެ. ނަމަވެސް ކަންނެލި މަސްވެރިންގެ އެދުމުގެ މަތީން މިފްކޯއިން ކަންނެލި ގަންނަން ފަށާފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ކަން ފާހަގަ ކުރެވެއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ބޮޑުކަންނެލި މަސްވެރިންނަށް ތެލުގެ ސަބްސިޑީ ދޭން ސަރުކާރުން ނިންމައިފި2026 މާރިޗު 23
މަސްވެރިންނަށް ކުރިއެކޭ ވެސް އެއް އަގެއްގައި ތެޔޮ ލިބޭނެ: މިފްކޯ2026 މާރިޗު 17
އަމިއްލަ ކުންފުނިތަކުން ރިޖެކްޓްކުރާ ކުދި ސައިޒުގެ ކަންނެލި ވެސް މިފްކޯއިން ގަންނަންފަށައިފި!2026 ޖެނުއަރީ 21
ތާރީޚީ ބަދަލެއް، ކަނޑުއޮތްގިރި އޮޕަރޭޝަނަށް ގެނެސް ސަރުކާރުން ބޮޑުކަންނެލި ގަންނަން ފަށައިފި!2026 ޖެނުއަރީ 12