ޚަބަރު
ބޮޑުކަންނެލި މަސްވެރިންނަށް ތެލުގެ ސަބްސިޑީ ދޭން ސަރުކާރުން ނިންމައިފި

ޒައުޖަތު އަޙުމަދު2026 މާރިޗު 23
ބޮޑުކަންނެލި މަސްވެރިންނަށް ތެލުގެ ސަބްސިޑީ ދޭން ސަރުކާރުން ނިންމައިފިއެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ބުނީ ބޮޑު ކަންނެލި މަސްވެރިކަން ކުރާ ދޯނިތަކަށް އެސްޓިއޯ އިން ވިއްކާ ތެލަށް ސަބްސިޑީ ދިނުމަށް ސަރުކާރުން ނިންމައިފި ކަމަށެވެ.
އެ ވުޒާރާއިން ބުނީ ހުޅުމާލެ އެފްއެސްއެމް ޓާމިނަލުންނާއި ކ. ހިންމަފުށި އެފްއެސްއެމް ޝެޑުން ތެޔޮ އަޅާ ބޮޑު ކަންނެލި މަސްވެރިކަން ކުރާ ދޯނިތަކަށް މިއަދުން ފެށިގެން ސަބްސިޑައިޒް އަގުގައި ތެޔޮލިބޭނެ ކަމަށެވެ.
އެސްޓީއޯ އިން މިވަގުތު ޕެޓްރޯލް ލިޓަރެއް ވިއްކަނީ 16.01ރ. އަށެވެ. ޑީސަލް ލިޓަރެއްގެ އަގަކީ 17.54ރ. އެވެ.
މި ސަރުކާރުން ވަނީ ބޮޑުކަންނެލި މަސްވެރިންނަށް ޚާއްޞަ އިސްކަމެއް ދީ އެ ސިނާޢަތުގެ މަސްވެރިންގެ އަތުން މަސްގަންނަން ފަށާފައިކަން ފާހަގަ ކުރެވެއެވެ.
އިތުރަށް

އިންޑިއާ ކަނޑުގެ، ކަނޑުމަހުގެ މަސްވެރިކަމުގެ އިދާރާގެ ބައްދަލުވުން ރާއްޖޭގައި ބާއްވަނީ 2 މޭ 2026 ، 13:50

އަލިފާނުގެ ހާދިސާގައި ފީއަލީ އައިސްޕްލާންޓު ބޭނުން ނުކުރެވޭވަރަށް އަނދައިފި9 އޭޕްރީލު 2026 ، 13:50

ބޮޑު ކަންނެލި މަސްވެރިންނަށް ވެސް މިހާރު 48 ގަޑިއިރުތެރޭ ބަރާބަރަށް ފައިސާ ލިބޭ!21 ފެބްރުއަރީ 2026 ، 16:38

އަމިއްލަ ކުންފުނިތަކުން ރިޖެކްޓްކުރާ ކުދި ސައިޒުގެ ކަންނެލި ވެސް މިފްކޯއިން ގަންނަންފަށައިފި!21 ޖެނުއަރީ 2026 ، 16:01

.gif.gif&w=828&q=100)
