
އަމިއްލަ ކުންފުނިތަކުން ރިޖެކްޓްކުރާ ކުދި ސައިޒުގެ ކަންނެލި ވެސް މިފްކޯއިން ގަންނަންފަށައިފި!
ޒައުޖަތު އަޙުމަދުއަމިއްލަ ކުންފުނިތަކުން ރިޖެކްޓްކުރާ (އަންޑަރ ސައިޒް)ކުދި ސައިޒުގެ ކަންނެލި ވެސް މިފްކޯއިން ގަންނަންފަށައިފިއެވެ.
މިފްކޯއިން ބުނީ 10-15 ކިލޯއާއި ދެމެދުގެ ބަރުދަން ހުންނަ ކަންނެލި ކިލޯއެއް 20ރުފިޔާއަށް އިއްޔެއިން ފެށިގެން އެ ކުންފުނިން ގަންނަން ފަށާފައިވާ ކަމަށެވެ.
މީގެ ދެ ހަފުތާ ކުރިން މިފްކޯއިން ވަނީ 15-18 ކިލޯއާ ދެމެދުގެ ބަރުދަން ހުންނަ ކަންނެލި ނަމަ ކިލޯއަކަށް 25 ރުފިޔާގެ ރޭޓުން ގަންނަން ފަށައިފައެވެ. މި މަހުގެ 19 ވަނަ ދުވަހު ނެރުނު މެމޯއެއްގައި ބުނެފައި ވަނީ 15 ކިލޯއިން މަތީގެ ބަރުދަނުގެ ކަންނެލި ކިލޯއެއް 25 ރުފިޔާއަށް ގަންނަން ފަށާފައިވާ ކަމަށެވެ.
ކުދި ސައިޒުގެ ކަންނެލި ކޫއްޑޫ ބަނދަރާއި އައްޑޫ ބަނދަރާއި އަދި ފުވައްމުލަކާއި ގދ. ގައްދޫއާއި ގދ. ތިނަދޫން މިފްކޯގެ ބޯޓުފަހަރަށް އިއްޔެ ގަނެފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ބޮޑު ކަންނެލި މަސްވެރިންނަށް ވެސް ކަޅުބިލަމަސް ކިރުވާ މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރާ އުސޫލުން މިފްކޯއިން ފައިސާ ދޫކުރެއެވެ.
މިކަމާއި ގުޅިގެން މިފްކޯގެ ސީނިއާ މެނޭޖަރު، ޕީއާރް ޝިފްޒާ މުސްތަފާ ވިދާޅުވީ މި ކަމަކީ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން، ކަންނެލި މަސްވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކޮށްދިނުމަށް މިފްކޯއާ ގުޅިގެން ކުރެވޭ މަސައްކަތުގެ ބައެއް ކަމަށާއި މިގޮތުން މި މުހިންމު ފިޔަވަޅުގެ ސަބަބުން ކަންނެލި މަސްވެރިންގެ ކަންބޮޑުވުންތަކަށް ބޮޑު ހައްލެއް ލިބި، ކަންނެލި މަސްވެރިކަމަށް ކުރިއެރުންތަކެއް ލިބުގެންދާނެ ކަމަށެވެ.

މިފްކޯގެ އެ ނިންމުމާ ބެހޭ ގޮތުން ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނީ ރަނގަޅަށް ކަންނެލި ބާނާ ދުވަސްވަރެއްގައި މި ކެޓަގަރީގެ ކަންނެއްޔަކީ ނުއަގުގައި ދޫކޮށްލަން ޖެހޭ އެއްޗަކަށް ވެފައި އޮންނަ ކަމަށާއި މި ބަދަލަކީ ބޮޑުކަންނެލި މަސްވެރިންނަށް ލިބުނު ހިތްހަމަޖެހުމެއް ކަމަށެވެ. އަދި އަމިއްލަ ކުންފުނިތަކަށް "އޭ"ގްރޭޑް އަދި "ބީ" ގްރޭޑްގެ ބޮޑުކަންނެލި ކިރާއިރު ސައިޒް ކުޑަވުމުން ނުވަތަ ކޮލިޓީއަށް ބަލައި "ރިޖެކްޓްކުރާ ކަންނެލި" މިފްކޯއިން އެ އަގަށް ގަތުމަކީ ވަރަށް ރަނގަޅު ކަމެއް ކަަމަށެވެ.
ސަރުކާރުން ބޮޑުކަންނެލީގެ މަސްވެރިކަމުގެ ތެރެއަށް ވަނުމަށް ގޮވާލާ މިދިޔަ ޑިސެމްބަރު މަހު 10 ގައި ފާހަގަ ކުރި މަސްވެރިންގެ ދުވަހު ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ކަނޑުމަތީ އިހުތިޖާޖު ކުރިކަން ވެސް ފާހަގަ ކުރެވެއެވެ.
ކުރީގެ ރައީސް ޞާލިޙުގެ ސަރުކާރުގައި ވެސް ބޮޑު ކަންނެލި، ސަރުކާރުގެ ކުންފުނި މިފްކޯއިން ގަތުމަށް ގޮވާލާ މުޒާހަރާ ކުރަމުން އައިސްފައިވާ އެ ޔޫނިއަނުން ބުނީ މިއީ ސަރުކާރުން ބޮޑުކަންނެލި މަސްވެރިންގެ ކަންބޮޑުވުންތަކަށް ޢަމަލީ ސިފަ ގެނެސްދިން ފުރަތަމަ ފަހަރު ކަމަށެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ތާރީޚީ ބަދަލެއް، ކަނޑުއޮތްގިރި އޮޕަރޭޝަނަށް ގެނެސް ސަރުކާރުން ބޮޑުކަންނެލި ގަންނަން ފަށައިފި!2026 ޖެނުއަރީ 12
އިހުތިޖާޖު ކުރަމުން އަންނަ ބޮޑުކަންނެލި މަސްވެރިންނާ ވަޒީރު ޝިޔާްމް ބައްދަލު ކުރައްވައިފި2025 ޑިސެމްބަރު 15
މުޒާހަރާގައި ބިދޭސީން ތިބި ދޯނިތައް ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފި2025 ޑިސެމްބަރު 11
ބޮޑުކަންނެލި މަސްވެރިން ކުރަމުން އަންނަ މުޒާހަރާގައި ބިދޭސީން ހިމެނޭ: ފުލުހުން 2025 ޑިސެމްބަރު 11