
ދައުލަތުގެ 3 ކުންފުނީގެ މެނޭޖިން ޑިރެކްޓަރުން މަޤާމުން ވަކިކޮށްފި!
ޒައުޖަތު އަޙުމަދުފެނަކަ ކޯޕަރޭޝަނާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އަދި އެގްރޯ ނެޝެނަލް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު މަޤާމުން ވަކިކޮށްފިއެވެ.
ދައުލަތުގެ ކުންފުނިތަކުގެ އިސް މަޤާމުތަކަށް މި ބަދަލުތައް ހޯމަ ދުވަހު ގެންނަން ފަށާފައިވާއިރު، އެންމެ ފުރަތަމަ މަޤާމުން ވަކިކޮށްފައި ވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ނަޖާޙްއެވެ.
ކުންފުނިތަކުގެ ބަލަދުވެރި ފަރާތް ކަމުގައިވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) އިން ބުނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުންނާއި ބޯޑު މެންބަރުކަމުގެ މަޤާމުން ހ.ޔެލޯރޯޒް 2، މޭޖަރ (ރިޓަޔަރޑް) މުޙައްމަދު ނަޖާޙް މިއަދުން ފެށިގެން (6 އޭޕްރީލް 2026) ވަކިކޮށްފައިވާ ކަމަށެވެ.
މިއަދު ދެން މަޤާމުން ވަކިކޮށްފައި ވަނީ އެގްރޯ ނެޝެނަލް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި ހުސެއިން ދީދީއެވެ.
ޕީސީބީން ވަނީ ގދ. ތިނަދޫ ބްލެކްސްމިތު، ޙުސައިން ދީދީ އެގްރޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުންނާއި ބޯޑު މެންބަރުކަމުގެ މަޤާމުން އަލްފާޟިލް ހުސެއިން ދީދީ މިއަދުން ފެށިގެން ވަނީ ވަކިކޮށްފައެވެ.
ޙުސައިން ދީދީއަށްފަހު މަޤާމުން ވަކިކޮށްފައި ވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި ހ. ހަބަރުގެ، ޑީ.ސީ.ޕީ (ރިޓަޔާރޑް) މުޙައްމަދު ރިޝްވާންއެވެ.
ޕީސީބީން ބުނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް - އެމް.ޕީ.އެލްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުންނާއި ބޯޑު މެންބަރުކަމުގެ މަޤާމުން ހ. ހަބަރުގެ، ޑީ.ސީ.ޕީ (ރިޓަޔާރޑް) މުޙައްމަދު ރިޝްވާން، 6 އެޕްރީލް 2026 ގައި އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައި ވާތީ، އޭނާގެ އިސްތިއުފާ ޤަބޫލުކޮށް އެމަޤާމުން ވަކިކޮށްފައިވާ ކަމަށެވެ.
މީގެއިތުރުން، ސަރުކާރުގެ ފެން ކުންފުނި، އެމްޑަބުލިއު އެސްއީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝާހިދު ވެސް މިރޭ މަގާމުން ވަކިކޮށްފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ދައުލަތުގެ ކުންފުނިތަކަށް ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުން އައްުޔަންކޮށް ވަކިކުރަނީ އެ ކުންފުންޏެއްގެ ބޯޑުން ފާސްކޮށްގެންނެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވުނު ލޯކަލް ކައުންސިލް، ޑަބުލިއުޑީސީ އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައި ވަނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރުގެ ކަންކަން އިޞްލާޙު ކުރައްވާނެ ކަމަށެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ސްޓެލްކޯގެ އެމްޑީ ޝަމާޙް އެ މަޤާމުން ވަކިކޮށްފި2026 ޖެނުއަރީ 11
އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ބްރިގޭޑިޔަރ ޖެނެރަލް ރިޓަޔާޑް ޢަލީ ޒުހައިރު ޢައްޔަނު ކުރައްވައިފި!2025 ޖުލައި 30
މިފްކޯގެ ސީއީއޯއަކަށް ފަރުޙަތު ސަޙީރު އައްޔަނުކޮށްފި!2025 މާރިޗު 05
މިފްކޯއަށް އައްޔަނުކުރި ބޭރުގެ ސީއީއޯ މަޤާމުން ވަކިކޮށްފި!2025 މާރިޗު 04