logologologologo
STO
ޚަބަރު

ސްޓެލްކޯގެ އެމްޑީ ޝަމާޙް އެ މަޤާމުން ވަކިކޮށްފި

ސްޓެލްކޯގެ އެމްޑީ ޝަމާޙް އެ މަޤާމުން ވަކިކޮށްފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ޖެނުއަރީ 11

ސްޓެލްކޯގެ އެމްޑީ ޝަމާޙް އެ މަޤާމުން ވަކިކޮށްފިއެވެ.

މިކަން ހާމަކޮށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން (ޕީސީބީ) އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް – ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުންނާއި، ޑިރެކްޓަރުންގެ ބޯޑް މެމްބަރުކަމުގެ މަޤާމުން މ. ސިސްކަން، އަލްފާޟިލް އަޙްމަދު ޝަމާޙް ރަޝީދު މިއަދުން ފެށިގެން ވަނީ ވަކިކޮށްފައި ކަމަށެވެ.

ޝަމާޙް އެ މަޤާމުން ވަކި ކުރި ސަބަބު ހާމަކޮށްފައެއް ނުވެއެވެ.

ޝަމާޙްގެ ބަދަލުގައި އެހެން ބޭފުޅަކު އެ މަޤާމަށް ޢައްޔަނު ކުރިކަން ޕީސީބީން ހާމަކޮށްފައެއް ނުވެއެވެ.

 

View post on Twitter

 

ސްޓެލްކޯގެ އެމްޑީގެ މަގާމުގައި ކުރިން ހުންނެވި މ. ފަތަހަ، ޙުސައިން ފަހުމީ އެ މަގާމުން ވަކިކޮށް އެމްޑީގެ މަގާމަށް އަޙުމަދު ޝަމާހް އައްޔަންކުރެއްވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހު އެވެ.

ޝަމާހް ވަނީ މިފްކޯގެ ސީއީއޯގެ މަޤާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް