logologologologo
STO
ޚަބަރު

ސްޓެލްކޯގެ އެމްޑީގެ މަޤާމަށް ޑރ. ޢަލީ އަޒްވަރު ޢައްޔަނުކޮށްފި

ސްޓެލްކޯގެ އެމްޑީގެ މަޤާމަށް ޑރ. ޢަލީ އަޒްވަރު ޢައްޔަނުކޮށްފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޭޕްރީލު 28

ސްޓެލްކޯގެ އެމްޑީއަކަށް ޑރ. ޢަލީ އަޒްވަރު ޢައްޔަނުކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް، ޕީސީބީން ބުނީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް، ސ. ފޭދޫ / ނެސްޕްރޯވިލާ، ޑރ. އަލީ އަޒްވަރު، 28 އެޕްރިލް 2026 ވަނަ ދުވަހުން ފެށިގެން ޢައްޔަނު ކޮށްފައިވާ ކަމަށެވެ.

މި އަހަރުގެ ޖެނުއަރީން ފެށިގެން ސްޓެލްކޯގެ ހިންގުމާއި ހަވާލުވެ ހުންނެވި އަޒްވަރު ވަނީ ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަދި އެގްޒެކެޓިވް ޑިރެކްޓަރުގެ މަޤާމުވެސް ފުރުއްވާފައެވެ.

ސްޓެލްކޯގެ އެމްޑީގެ މަޤާމު ހުސްވީ އެ މަޤާމުގައި ހުންނެވި އަޙުމަދު ޝަމާހު ރަޝީދު މިދިޔަ ޖެނުއަރީ މަހު ވަކިކުރުމުންނެވެ. ޝަމާހު އެ މަޤާމަށް އައްޔަންކުރީ އޭގެ ކުރިން އެ މަޤާމުގައި ހުންނެވި ޙުސައިން ފަހުމީ، ސެޕްޓެމްބަރު 7، 2025، ގައި ވަކިކުރުމުންނެވެ. 

ޑރ. ޢަލީ އަޒްވަރު ސްޓެލްކޯއާ ގުޅިފައިވަނީ 1997 ވަނަ އަހަރުއެވެ.

 

 

MALDIVE GASAllied Insurance
އިތުރަށް