logologologologo
STO
ޚަބަރު

ބ. އަދި ޅ. އަތޮޅުގައި ޔުޓިލިޓީ ޚިދުމަތް ދިނުމާ ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެއްޖެ

ބ. އަދި ޅ. އަތޮޅުގައި ޔުޓިލިޓީ ޚިދުމަތް ދިނުމާ ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެއްޖެ
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ޖުލައި 20

ބ. އަދި ޅ. އަތޮޅުގައި ޔުޓިލިޓީ ޚިދުމަތް ދިނުމާ ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެއްޖެއެވެ.

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯއިން ބުނީ ބ. އަދި ޅ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ޔުޓިލިޓީ ޚިދުމަތް ދިނުމާއި އެ ކުންފުނިން ރަސްމީކޮށް ހަވާލުވެ، ޚިދުމަތްދޭން ފަށާފައިވާ ކަމަށެވެ.

އެ ކުންފުނިން ބުނި ގޮތުގައި މި ބަދަލަކީ ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ތަރައްޤީކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ގެނައި ބަދަލެއް ކަމަށެވެ.

މީގެ ކުރިން މި ޚިދުމަތްތައް ބ. އަދި ޅ. އަތޮޅުގައި ދެމުން އައީ ފެނަކަ ކޯޕަޜޭޝަން، ފެނަކައިންނެވެ.

ބ. އަތޮޅު، ޅ. އަތޮޅު އަދި މ. އަތޮޅު ހިމެނޭހެން ތިން އަތޮޅެއްގައި ފެނަކައިން ދެމުން އައި ޔުޓިލިޓީ ޚިދުމަތްތައް ސްޓެލްކޯއާ ހަވާލުކުރީ މިއަހަރުގެ އޭޕްރީލް މަހުގެ ފަހުކޮޅުގައެވެ.

މި ނިންމުމަކީ ސަރުކާރު ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ރިފޯމްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަށްޓަވާފައިވާ މަސައްކަތްޕުޅުގެ ދަށުން ނިންމެވި ނިންމުމެކެވެ.

މި ބަދަލާއެކު ސްޓެލްކޯގެ ޚިދުމަތުގެ ދާއިރާއަށް އަލަށް އިތުރުވާ ރަށްތަކުގެ ތެރޭގައި ބ. އަތޮޅުގެ 13 ރަށަކާއި، ޅ. އަތޮޅުގެ 4 ރަށެއްގެ އިތުރުން މ. އަތޮޅުގެ 8 ރަށެއް ހިމެނެއެވެ. މީގެ ތެރޭގައި އޭދަފުށި، ތުޅާދޫ، ހިންނަވަރު، ނައިފަރު، މުލި އަދި ދިއްގަރު ފަދަ ބޮޑެތި އާބާދީތައް ހިމެނެއެވެ.

ސްޓެލްކޯއިން މި ޚިދުމަތްތަކާ ހަވާލުވުމުން އެ ރަށްރަށުގެ ޔުޓިލިޓީ ނިޒާމުތައް އިތުރަށް ތަރައްޤީވެ، ޒަމާނީ ވަސީލަތްތަކާއެކު ޚިދުމަތް ފުޅާވެގެންދާނެ ކަމަށް އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ޑރ. އަލީ އަޒުހަރު ވަނީ ވިދާޅުވެފައެވެ.

ޔުޓިލިޓީ ޚިދުމަތްތައް ސްޓެލްކޯއިން މިހާރުވެސް ދެމުން އަންނަ އަތޮޅުތަކުގެ ތެރޭގައި ކ. ވ. އއ. އަދި އދ. އަތޮޅު ހިމެނެއެވެ.


MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް