އެމްޑަބުލިއު އެސްސީގެ އެމްޑީއަކަށް ފަހުމީ އައްޔަނުކޮށްފި

އެމްޑަބުލިއު އެސްސީގެ އެމްޑީއަކަށް ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ޙުސައިން ފަހުމީ އައްޔަނުކޮށްފިއެވެ.
ދައުލަތުގެ ކުންފުނިތަކުގެ ބަލަދުވެރި ފަރާތް ކަމަށްވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން، ޕީސީބީން މިއަދު ބުނީ މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް، އެމްޑަބްލިޔު އެސްސީގެ ބޯޑު މެންބަރުކަމުގެ މަޤާމަށާއި މެނޭޖިންގ ޑިރެކްޓަރު މަޤާމަށް، މ. ފަތަޙަ، ޙުސެއިން ފަހުމީ މިއަދުން ފެށިގެން އައްޔަނުކުރައްވާފައިވާކަމަށެވެ.
ފަހުމީ މި މަޤާމަށް ޢައްޔަނުކޮށްފައި މި ވަނީ އެ މަޤާމުގައި އެމްޑަބްލިޔު އެސްސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ޢަބްދުލްމަތީން މުޙައްމަދު މިމަހުގެ 12 ދުވަހު އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.
ރައީސް އޮފީހުގެ މިނސްޓަރު ކަމުގައި ހުންނެވި ފަހުމީ ވަނީ 27 އަހަރު ސްޓެލްކޯގައި ވަޒީފާ އަދާކޮށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަން ވެސް އަދާކުރައްވައިފައެވެ.
އިތުރަށް





.gif.gif&w=828&q=100)
