އެމްޑަބްލިޔުއެސްސީ މުވައްޒަފުންނަށް ލީޑަރޝިޕް ޕްރޮގްރާމެއް ގިރިފުށީގައި ކުރިއަށްގެންގޮސްފި

އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިޔުރިޓީ ސްޓަޑީސްއިން މޯލްޑިވްސް ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)ގެ މުވައްޒަފުންނަށް އަމާޒުކޮށްގެން "ލީޑަރޝިޕް އެންހޭންސްމެންޓް ޕްރޮގްރާމް"އެއް ކުރިއަށްގެންގޮސްފިއެވެ.
އެމްއެންޑީއެފުން ބުނީ ގިރިފުށި ޓްރެއިނިންގ ސެންޓަރުގައި މި މަހުގެ 13އިން 15ގެ ނިޔަލަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި އެމްޑަބުލިއު އެސްސީގެ 39 މުވައްޒަފުން ބައިވެރިވި ކަމަށެވެ.
މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިންނަށް ވަނީ ލީޑަރޝިޕްގެ ފަންކްޝަންތަކާއި، ކޮމާންޑް ޓާސްކްގެ އިތުރުން، ޓީމް ބިލްޑިންގ އެކްސަސައިޒް، އަލިފާނުގެ ޙާދިސާތަކަށް ހޭލުންތެރިކުރުމުގެ ސެޝަން، ފުރަތަމައެހީ އަދި އެބަންޑަން ޝިޕްގެ ބައިތައް ކިޔަވައިދީފައެވެ.
މިއީ ލީޑަރޝިޕްގެ ދައުރާއި ޝަޚްޞިއްޔަތު ދެނެގަތުމަށާއި، މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން ހޯދައި، ވާދަވެރި މާހައުލެއްގައި ޓީމުގެ ރޫޙާއި ގުޅުން ހަރުދަނާކުރުމަށް ކުރިއަށްގެންދިޔަ ޕްރޮގްރާމެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ހިންގާ މިފަދަ ޕްރޮގްރާމްތަކަކީ އެމްއެންޑީއެފް ރޭންޖް އޮފް މިލިޓަރީ އޮޕަރޭޝަންސްގައި ހިމެނޭ "މިލިޓަރީ އެއިޑް ޓު ސިވިލް ސޮސައިޓީ"ގެ ދަށުން ސިވިލް ސޮސައިޓީއާއި އެމްއެންޑީއެފާ އޮންނަ ގުޅުން ރަނގަޅުކުރުމަށާއި އިޖުތިމާޢީ މަސައްކަތްތަކުގައި އެއްބާރުލުން އިތުރުކުރުމުގެ މަޤްޞަދުގައި ހިންގާ ޕްރޮގްރާމްތަކެއް ކަމަށް އެ އިދާރާއިން ބުންޏެވެ.
އިތުރަށް





.gif.gif&w=828&q=100)