logologologologo
STO
ޚަބަރު

ހެންވޭރުގަައި ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ހެންވޭރުގަައި ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 އޯގަސްޓު 15

ހެންވޭރު ފަހިވައިގޭގައި އަލިފާނުގެ ހާދިސާއެއް ހިގައިފިއެވެ.

ޤައުމީ ދިފާއީ ބާރުން ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ހ.ފަހިވައިގޭގެ 7ވަނަ ފަންގިފިލާގައިކަމަށެވެ.
މިހާދިސާގެ ރިޕޯޓު ލިބުމާއެކު ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ.

އެ ސަރަހައްދުގައި ސިފައިންނާއި ފުލުހުންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

ފުލުހުން ވިދާޅުވީ، އެ ގޭގައި އަލިފާނުގެ ހާދިސާ ހިނގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ރޭ 20:41 އެހައިކަންހާއިރު ކަމަށެވެ.

އަދި އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިއު ސަވިސްއިން ކުރި މަސައްކަތުން އަލިފާން މިހާރު ކޮންޓްރޯލް ކޮށްފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި ހާދިސާގައި ހަރަކާތްތެރިވި ފުލުހެއްގެ އަތް ކަނޑައިގެންގޮސް އަނިޔާވުމާ ގުޅިގެން، އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަަމަށް ފުލުހުން ވިދާޅުވިއެވެ. ނަމަވެސް، ފުލުސް މީހާ އަށް ސީރިއަސް އަނިޔާއެއް ވެފައި ނުވެއެވެ.

އަލިފާނުގެ ހާދިސާ ހިނގި ގޭގައި ދިރިއުޅޭ 4 މީހަކަށް އެންޑީއެމްއޭއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް