logo
logo
މިފްކޯއަށް އައްޔަނުކުރި ބޭރުގެ ސީއީއޯ މަޤާމުން ވަކިކޮށްފި!

މިފްކޯއަށް އައްޔަނުކުރި ބޭރުގެ ސީއީއޯ މަޤާމުން ވަކިކޮށްފި!

2025 މާރިޗު 04
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ދައުލަތުގެ މަސްކުންފުނި، މިފްކޯއަށް ދާދިފަހުން އައްޔަނުކުރި ޔޫކްރެއިންގެ ރައްޔިތެއް ކަމަށްވާ ޑރ. ވިޓާލީ ލިއުބިމޮވް، މިފްކޯގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރގެ މަޤާމުން ވަކިކޮށްފިއެވެ.

މިކަމާއި ގުޅިގެން، ދައުލަތުގެ ކުންފުނިތަކުގެ ބެލެނިވެރި ފަރާތް ކަމުގައިވާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ބުނީ ޑރ. ވިޓާލީ އިއްޔެ އެ ދެ މަޤާމުން ވަކިކޮށްފައިވާ ކަމަށެވެ.

އޭނާ މިފްކޯއާ ހަވާލުވީ މިދިޔަ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

މިފްކޯގެ ތެރޭގައި ކަރަޕްޝަން ވަރަށް ބޮޑަށް އަށަގަނެފައިވާ ކަމަށް ގިނަ ބަޔަކު ބުނަމުން އަންނައިރު، މިފްކޯގެ ތެރޭގައި ފެތުރިފައިވާ ކޮރަޕްޝަން މުލުން ލުހެލައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވެއެވެ. އަދި ބޭރު ޤައުމެއްގެ ބޭފުޅެއް މިފްކޯގެ ސީއީއޯއަކަށް އައްޔަނު ކުރެއްވީ ވެސް ކޮރަޕްޝަން ނައްތާލުން ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

ނަމަވެސް 3 މަސް ދުވަސް ފަހުން ވިޓާލީ ކުއްލިގޮތަކަށް ވަކި ކުރެއްވި ސަބަބެއް ޕީސީބީން ހާމަކޮށްފައެއް ނުވެއެވެ.

 

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް