
ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް އޮރެންޖް އިންޒާރު ނެރެފި!
ޒައުޖަތު އަޙުމަދުބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށް، މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އޮރެންޖް އިންޒާރު ނެރެފިއެވެ.
މެޓް އޮފީހުން އޮރެންޖް އިންޒާރު ނެރެފައި ވަނީ ބ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ހަމައަށެވެ.
އޮރެންޖް އިންޒާރާއިއެކު މެޓް އޮފީހުން ވަނީ ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށްފައެވެ.
މެދުރާއްޖެތެރޭގައި ހިމެނޭ މި ސަރަހައްދުތަކަށް އޮރެންޖް އިންޒާރު ނެރެފައި ވަނީ މިރޭގެ 12:00 އާއި ހަމައަށެވެ.
މިދުވަސްވަރު ރާއްޖެއަށް ވިއްސާރަ ކުރަމުން އަންނައިރު، މާލެ ސަރަހައްދަށް ވެސް މި ދެދުވަހު ދަނީ ވާރޭ ވެހެމުންނެވެ.
މާލެ ސަރަހައްދަށް މިރޭ އިރުއޮއްސުނު ފަހުން، މެދުނުކެނޑި ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ. މިކަމާއި ގުޅިގެން މަގުތަކުގައި ފެންބޮޑުވެ ސިފައިން ދަނީ ފެން ހިންދުމާއި ވެލި ބަސްތާ ޖެހުމުގައި އިއްޔެގެ ހަވީރުން ފެށިގެން ޙަރަކާތްތެރިވަމުންނެވެ.
އެމްއެންޑީއެފުން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ބޯކޮށް ވާރޭ ވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، ފެންހިންދުމުގައާއި، ވެލި ބަސްތާ ޖެހުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް، ސިފައިން ޙަރަކާތްތެރިވަމުން ދާކަމަށެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ރާއްޖޭގެ ސަރަހައްދުގައި ދުންފުސް ބޯވެފައިވާތީ ސަމާލުވާން އިލްތިމާސްކޮށްފި2025 ޑިސެމްބަރު 22
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް 5 އަތޮޅަކަށް ރީނދޫ ސަމާލުނެރެފި2025 ޑިސެމްބަރު 20
40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި2025 ޑިސެމްބަރު 09
ތޫފާން މިހާރު ހުރީ ތުރާކުނުގެ އިރުއުތުރުން 875 ކިލޯމީޓަރު ދުރުގައި: މެޓް އޮފީސް2025 ނޮވެމްބަރު 29