ޕިލިޕީންސަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ޕިލިޕީންސަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ ޕިލިޕީންސްގެ މިންޑަނާއޯއަށް 8.1 މެގުނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައިސްފައިވާ ކަމަށެވެ.
މި ބިންހެލުން އައިސްފައިވަނީ ރާއްޖޭ ގަނޑިން ފަތިހު 4:37 ގައި މާލެއާ 5723 ކިލޯ މީޓަރު ދުރުން ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
މި ބިންހެލުމުގެ ސަބަބުން އިންޑިއާ ކަނޑުގައި ސުނާމީއެއް އުފެދިފައި ނުވާ ކަމަށް ވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ބުނެފައެވެ.
މި ބިންހެލުމުގެ ސަބަބުން ސުނާމީއެއް އަރާފާނެ ކަމުގެ އިންޒާރު އިންޑޮނޭޝިއާ އަދި މެލޭޝިއާގެ ކަމާބެހޭ ފަރާތްތަކުން ވަނީ އެ ޤައުމުތަކުގައި ކަނޑުގެ އައްސޭރީގައި ދިރިއުޅޭ ފަރާތްތަކަށް ދީފައެވެ.
ޕިލިޕީންސްގެ މަސްވެރިކަމުގެ ސިނާޢީ ސަރަހައްދަކަށް އައި މި ބާރުގަދަ ބިންހެލުމުގެ ސަބަބުން މާ ބޮޑު ގެއްލުމެއް ލިބިފައިވާ ކަމުގެ މަޢުލޫމާތެއް ލިބިފައެއް އަދި ނުވެއެވެ.
އިތުރަށް





.gif.gif&w=828&q=100)