ޚަބަރު
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއަދު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށްފި

ޒައުޖަތު އަޙުމަދު2026 އޭޕްރީލު 16
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ލަފާކޮށްފިއެވެ.
އެ އިދާރާއިން ވަނީ ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ހަމައަށް ހުދު ސަމާލު ނެރެފައެވެ.
މެޓް އޮފީހުން ބުނީ ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ހަމައަށް، މިއަދު ހެނދުނު 7:15 އިން ފެށިގެން 1:00 އަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށެވެ.
ފާއިތުވި ހަފްތާގައި ރާއްޖޭގެ އެންމެ ދެކުނަށް ވިއްސާރަކޮށް މޫސުން ގޯސްވި ނަމަވެސް މި 2 ދުވަހު ރާއްޖޭގެ އުތުރުގެ ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހިފައިވާކަން ފާހަގަ ކުރެވެއެވެ.
ރޭ ކުރި ވިއްސާރާގައި އުތުރުގެ ބައެއް ރަށްރަށުގައި ފެންބޮޑުވި ކަމަށް ބައެއް އާންމުންގެ ޕޯސްޓްތަކުން ފާހަގަ ކުރެވެއެވެ.
މިއަދު މާލެ ސަރަހައްދަށް ވެސް މިވަގުތު ވިއްސާރަކަން ފާހަގަ ކުރެވެއެވެ.
އިތުރަށް

މާލެ ހިމެނޭ ސަރަހައްދަށް މިއަދުގެ އިރު އޮއްސުމާއި ހަމައަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށްފި
8 ޖޫން 2026

ޕިލިޕީންސަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
8 ޖޫން 2026

ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކޯސްޓްގާޑުން އިލްތިމާސްކޮށްފި
21 މޭ 2026

ކުރިއަށް އޮތް 48 ގަޑިއިރު ބޮޑު ބަޔަކަށް ވިއްސާރަކުރާނެ
13 މޭ 2026

.gif.gif&w=828&q=100)