logologologologo
STO
ޚަބަރު

މާލެ ހިމެނޭ ސަރަހައްދަށް މިއަދުގެ އިރު އޮއްސުމާއި ހަމައަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށްފި

މާލެ ހިމެނޭ ސަރަހައްދަށް މިއަދުގެ އިރު އޮއްސުމާއި ހަމައަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށްފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ޖޫން 08

މާލެ ހިމެނޭ ސަރަހައްދަށް މިއަދުގެ އިރު އޮއްސުމާއި ހަމައަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާ މެޓް އޮފީހުން ބުނީ ޅ. އަތޮޅުން ފެށިގެން އދ. އަތޮޅާއި ހަމައަށް މިއަދުގެ އިރުއޮއްސި 6:00 އާއި ހަމައަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މެޓް އޮފީހުން ބުނީ ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މާލެއަށް މިވަގުތު ވެސް ވާރޭ ވެހެމުން އަންނަކަން ފާހަގަ ކުރެވެއެވެ.

މެޓް އޮފީހުން އޮތީ ރާއްޖޭގެ އެންމެ ދެކުނުގެ 4 އަތޮޅަށް، ރޭ ދަންވަރު 3:00 ން ފެށިގެން ހެނދުނު 6:00 އާ ހަމައަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފައިކަން ވެސް ފާހަގަ ކުރެވެއެވެ.

 

 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް