ޚަބަރު
ޖަޕާނުގެ އައްސޭރިފަށަށް ބާރުގަދަ ބިންހެލުމެއް އައިސްފި

ޒައުޖަތު އަޙުމަދު2026 އޭޕްރީލު 20
ޖަޕާނުގެ އައްސޭރިފަށަށް ބާރުގަދަ ބިންހެލުމެއް އައިސްފިއެވެ.
މިކަމާއިގުޅިގެން މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ބުނީ ޖަޕާނުގެ ހޮންޝޫއަށް މިއަދު 12:52 ގައި ބިންހެލުމެއް އައިސްފައިވާ ކަމަށެވެ.
ކަނޑުގެ 35 ކިލޯމީޓަރު އަޑިން އައި މި ބިންހެލުމަކީ މެގްނެޓިއުޑް 7.5 ގެ ބާރުމިނުގައި އައި ބިންހެލުމެކެވެ.
މެޓް އޮފީހުން ބުނީ މާލެއާ 7955 ކިލޯ މީޓަރު ދުރުން އައި މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށެވެ.
މި ބިންހެލުމާއި ގުޅިގެން ޖަޕާނުގެ މޫސުމާބެހޭ އިދާރާއިން ވަނީ، ޖަޕާނުގެ ބައެއް ސަރަހައްދުތަކަށް 9.8 ފޫޓުގެ ސުނާމީ އަރާފާނެ ކަމުގެ އިންޒާރު ނެރެފައެވެ.
މި ބިންހެލުމާއި ގުޅިގެން ލިބުނު ގެއްލުންތަކުގެ ތަފްސީލު އަދި ލިބިފައެއް ނުވެއެވެ.
އިތުރަށް

ފިލިޕީންސްގެ ދެކުނަށް އައި ބާރުގަދަ ބިންހެލުމުގައި 35 އަށްވުރެ ގިނަ މީހުން މަރުވެއްޖެ
9 ޖޫން 2026

މާލެ ހިމެނޭ ސަރަހައްދަށް މިއަދުގެ އިރު އޮއްސުމާއި ހަމައަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށްފި
8 ޖޫން 2026

ޕިލިޕީންސަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
8 ޖޫން 2026

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއަދު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށްފި
16 އޭޕްރީލު 2026

.gif.gif&w=828&q=100)