.jpg&w=1920&q=75)
ގޭގައި އަރާމުކޮށްލަން ހުރެވުނީސް، އެކަމު މަޖިލިސް ގެއްލިއްޖެނަމަ އޮތީ ހީނުކުރާވަރުގެ އުނދަގޫ: ސޯލިހު
ކުރިއަަށް ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެމްޑީޕީއަށް ނާކާމިޔާބުވެއްޖެނަމަ ކުރިމަތިލާން އޮތީ ހީނުކުރާވަރުގެ ދައްޗާއި އުނދަގުލާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެއެވެ.
ޅ. ހިންނަވަރުގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ސޯލިހް ވިދާޅުވީ އަރާމުކުރައްވަން، ސިޔާސީ މަސައްކަތާ ދުރުގައި ހުންނެވުމަކީ ވަރަށް ފަސޭހައިން ކުރެއްވޭނެ ކަމެއް ކަމަށެވެ. ނަމަވެސް މިއަދު ވެސް މި މަސައްކަތުގައި ދެމި ހުންނަވާ ހަމައެކަނި ސަބަބަކީ ރާއްޖޭގެ ވެރިކަމުގެ މިސްރާބު ހަމަމަގަށް އެޅުއްވުން ކަމަށެވެ.
"ދަންނަވަންތޯ. އަޅުގަނޑަށް ވެސް ގޭގައި ހަމަޖެހިލައިގެން ހުރެވުނީސް. ވަރަށް ހަމަޖެހިލައިގެން އާއިލާއާއެކީގައި އަރާމުކޮށްލައިގެން ހުރެވުނީސް. އެހެން ނަމަވެސް ރާއްޖޭގައި ވެރިކަން ފަސް އަހަރު ކުރި މީހެއްގެ ހައިސިއްޔަތުން މި ރާއްޖެ މި ދާ މިސްރާބު ކަންތައްތައް ވަމުން މި ދާ ގޮތް އިހުސާސްކުރެވޭތީ މީ ގައި ކަންތައްތަކެއް ކުރަން ޖެހިއްޖެކަން އަޅުގަނޑަށް އިހުސާސް ކުރެވުނު،" ސޯލިހު ވިދާޅުވިއެވެ.
ޕީޕީއެމް ޕީއެންސީގެ ސިޔާސަތަކީ ބިރުދެއްކުމާއި ގަދަބާރުން ކަންކަން ކުރުންކަމަށް ސޯލިހު ވަނީ ރޭގެ ވާހަކަފުޅުގައި ތުހުމަތުކުރައްވާފައެވެ. އަދި ސޯލިހު ވަނީ އިންތިޚާބުގެ ފޯކަސް ގެއްލުވައިނުލާ ކާމިޔާބީއަށް މަސައްކަތް ކުރުމަށް އެދިވަޑައިގެންފައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
އަދަދު ނޫހުން ދީނަށް ފުރައްސާރަވާ ގޮތަށް ގެނެސްދިން ކާޓޫނު އެމްޑީޕީން ދިފާޢުކޮށްފި!2026 ޖެނުއަރީ 23
ޢިލްމުވެރިންނަކީ "މުރުތައްދުވެފައިވާ" ބައެއް ކަމަށް ބުނި މައްސަލަ ފުލުހަށް ހުށަހަޅައިފި2026 ޖެނުއަރީ 08
ހެދުންއެޅުމުގެ ޤަވާޢިދާބެހޭ ގޮތުން އެމްޑީޕީގެ ވެރިންގެ ވާހަކަތަކަށް ޝައިޚް ޒަމްޒަމް ރައްދު ދެއްވައިފި!2026 ޖެނުއަރީ 03
އެމްޑީޕީގެ މުޒާހަރާއިން ހައްޔަރުކުރި އެންމެން ދޫކޮށްލައިފި2025 އޮކްޓޯބަރު 19