
ހެދުންއެޅުމުގެ ޤަވާޢިދާބެހޭ ގޮތުން އެމްޑީޕީގެ ވެރިންގެ ވާހަކަތަކަށް ޝައިޚް ޒަމްޒަމް ރައްދު ދެއްވައިފި!
ޒައުޖަތު އަޙުމަދުހެދުންއެޅުމުގެ ޤަވާޢިދާބެހޭ ގޮތުން އެމްޑީޕީގެ ވެރިންގެ ވާހަކަތަކަށް ޙަދީޘް ޢިލްމުވެރިޔާ އައްޝައިޚް ޒަމްޒަމް ފާރިޝް ރައްދު ދެއްވައިފިއެވެ.
ސިވިލް ސާވިސްގެ މުވައްޒަފުންގެ ހެދުން އެޅުމުގެ ޤަވާޢިދަށް ސިވިލް ސާވިސް ކޮމިޝަނުން ދާދިފަހުން ބަދަލު ގެނެސްފައި މިވަނީ އެކަމުގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބާއްވަވާ ރައްޔިތުންގެ ބައްދަލުވުންތަކުގެ ތެރެއިން ބައްދަލުވުމެއްގައި ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށް ހުށަހަޅާފައިވަނިކޮށްކަން ފާހަގަ ކުރެވެއެވެ.
ހެދުން އެޅުމުގެ ޤަވާޢިދަށް ގެނައި އިޞްލާޙުގައިވާ ގޮތުން އަންހެން މުވައްޒަފުންގެ ހެދުމުގެ ގޮތުގައި ދިގު ހެދުން ނުވަތަ ދިވެހި ލިބާސް ނުވަތަ އޮފީސް ހެދުން ބޭނުންކުރެވޭނެ ކަމަށް ބުނެފައިވެއެވެ. ކޮންމެ ބާވަތެއްގެ ހެދުމެއްގެ ވެސް ކަރު ހުންނަންވާނ،ީ ނިވައިވާ ގޮތަށް ކަމަށް އިޞްލާޙުގައިވެއެވެ. އަދި އަތްކުރު ހެދުމެއް ނަމަ އަތް ހުންނަންވާނ،ީ ކޮނޑުހުޅާއި އުޅަބޮށްޓާ ދެމެދަށް ވުރެ ކުރުނުވާ ގޮތަށް ކަމަށް ވެސް ޤަވާޢިދުގައިވެއެވެ.
އަތްދިގު ހެދުމެއް ނަމަ ހެދުމުގެ އަތް ހުންނަންވާނީ އަތުގެ ކުޑަހުޅަށް ވުރެ ދިގުނުވާ ވަރަށެވެ. ހަމައެއާއެކު ހެދުމުގެ މަތީބައ،ި ގަމީސް އަދި ސޫޓު ޖެކެޓުގެ މަތީބައިގެ އަރިމަތިން، ކުރިމަތިން، ފުރަގަހުން އަދި ތިރިން ފަޅައިފައި ހުންނަ ނަމަ ފަޅައިފައި ހުންނަބައި ހުންނަންވާނީ، މައްޗަށް އަތް ދަމާލީމާ އުނަގަނޑުން ތިރީބަޔާއި، އުނަގަނޑުން މަތީބަޔާ ދެމެދުން ހަށިގަނޑުގެ އެއްވެސް ތަނެއް ނުފެންނަ ވަރަށް ކަމަށް ޤަވާޢިދުގައިވެއެވެ. އަދި މިފަދަ ހެދުމުގެ ދިގުމިން ހުންނަންވާނ،ީ ބުޑުގެތިރީ ކައިރިން ފެށިގެން މައްޗަށް ދެ އިންޗިއަށް ވުރެ ހެދުން ކުރުނުވާ ވަރަށް ކަމަށް ވެސް ގަވައިދުގައިވެއެވެ. އަދި ފޮތި ވާންވާނީ އޮފީހުގެ މާޙައުލާ ގުޅޭ ފޮއްޗަކަށް ކަމަށް ވެސް ޤަވާޢިދުގައިވެއެވެ.
މި އިޞްލާޙުތަކަށް ބައެއް މީހުންގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، ކުރީގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މުސްލިމު ޖިންސުއްލަތީފުންގެ ޒީނަތްތެރިކަމާއި ނަޒާހަތްތެރިކަން ހިފެހެއްޓުމުގެ ނަމުގައި، އެ މީހުންގެ ޒާތީ ކަންކަމުގެ ތެރެއަށް ދައުލަތުން ވަންނާކަށް ނުޖެހޭ ކަމަށެވެ.
ނަޝީދުގެ އިތުރުން އެމްޑީޕީން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެމްޑީޕީން ނެރުނު ނޫސްބަޔާނެއްގައި އެ އުސޫލުތައް އުވާލުމަށް ސިވިލް ސާވިސް ކޮމިޝަނަށް އެ ޕާޓީން ވަނީ ގޮވާލާފައެވެ.
މީގެއިތުރުން އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު އަދި އެ ޕާޓީގެ ޗެއާޕާސަން ކަމުން ދާދިފަހުން އިސްތިޢުފާ ދެއްވި ފައްޔާޒު އިސްމާޢީލުވެސް ވަނީ މި އިޞްލާޙުތަކާއި ދެކޮޅަށް ފާޑު ވިދާޅުވެފައިކަން ފާހަގަ ކުރެވެއެވެ.
މި ފާޑުކިޔުންތަކަށް ރައްދު ދެއްވައި ޝައިޚް ޒަމްޒަމް މީސްމީޑިއާގައި ހިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ އިސްލާމީ ދައުލަތުގެ އެންމެ އިސް ވެރިޔާ ކަމުގައިވާ، ރަސޫލާ صلى الله عليه وسلم އަށް މާތްﷲ އެންގެވީ އެކަލޭގެފާނުގެ ބެލެހެއްޓެވުމުގެ ދަށުގައި ތިބި އެންމެހާ މީސްތަކުންގެ ޢައުރަގެ ގޮތުގައި ހިމެނޭ ހަށިގަނޑުގެ ޒީނަތްތެރިކަން ފޮރުވުމަށް އެބައިމީހުންނަށް އެންގެވުމަށެވެ.
އެއީ 7 އުޑުމަތިން މާތް ﷲ އަންގަވާފައިވާ މަތިވެރި ޙިކުމަތުން ފުރިގެންވާ އަމުރުފުޅެއް ކަމަށާއި އެ އަމުރުފުޅަކީ އިސްލާމީ އުންމަތުގެ ދެންތިބި އެންމެހާ ވެރިންވެސް އަޑުއަހައި ކިޔަމަންވެ ތަންފީޛުކުރަންޖެހޭ އަމުރުފުޅެއް ކަމަށް ޝައިޚް ވިދާޅުވިއެވެ.
"ނަމަވެސް ޒަޔަނިސްޓު ޔަހޫދީންގެ ޕްރޮޕެގެންޑާއަށް ތަބަޢަވާ ލާދީނީ ސެކިއުލަރ މީހުން ބުނަނީ މާތްﷲ ގެ އެ އަމުރުފުޅު މި އިސްލާމީ މުޖުތަމަޢުގައި ތަންފީޛުކޮށްގެން ނުވާނެ ކަމުގައެވެ. އެބައިމީހުން ސިފަކުރާ ގޮތުގައި ޙިކްމަތްވަންތަ މާތްﷲ ގެ އެ އަމުރުފުޅު ތަންފީޛު ކުރުމަކީ މީސްތަކުންގެ އަމިއްލަ ޒާތީ މިނިވަންކަމަށް އަރައިގަތުމެއް ކަމެވެ. ކޮންފަދަ ބޮޑު ކުފުރުގެ ބަހެއްތޯ!" ޝައިޚްގެ މެސެޖްގައި ވިދާޅުވެފައިވެއެވެ.
ޝައިޚް އިތުރަށް ވިދާޅުވީ ލާދީނީ ސެކިއުލަރ މީހުންގެ ވެރިކަމުގެ ދުވަސްވަރު، އިސްލާމީ ފުރިހަމަ ޙިޖާބުން ޙިޖާބުވާން މޫނުބުރުގާ އެޅި އެތަކެއް އުޚްތުންނެއް ވަޒީފާއިން ކަނޑާލުމާއި، ވަޒީފާއަށް ހޮވުމުން އެ ވަޒީފާ ހަވާލު ނުކުރުމާއި، މޫނުބުރުގާ އަޅާ އުޚްތުންނަށް ބިރުދައްކައި ހެދިއިރު، އެއީ އެކަނބަލުންގެ ޒާތީ މިނިވަންކަމަށް އަރައިގަތުންކަމަށް އެއިރު އެކަންކަން ނުވިކަމީ ހައިރާންވާޖެހޭ ކަމެއް ކަމަށެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
އަދަދު ނޫހުން ދީނަށް ފުރައްސާރަވާ ގޮތަށް ގެނެސްދިން ކާޓޫނު އެމްޑީޕީން ދިފާޢުކޮށްފި!2026 ޖެނުއަރީ 23
ޢިލްމުވެރިންނަކީ "މުރުތައްދުވެފައިވާ" ބައެއް ކަމަށް ބުނި މައްސަލަ ފުލުހަށް ހުށަހަޅައިފި2026 ޖެނުއަރީ 08
ޢައުރަ ނިވާކުރުމަށް މަގުފަހިވާ ގޮތަށް ކަމެއްވާނަމަ ދީނުގެ ދުޝްމަނުންނަށް ހަޖަމްކުރަން ދަތިވާނެ: ޑރ. ޢަލީ ޒާހިރު2026 ޖެނުއަރީ 03
އެމްޑީޕީގެ މުޒާހަރާއިން ހައްޔަރުކުރި އެންމެން ދޫކޮށްލައިފި2025 އޮކްޓޯބަރު 19