logo
logo
ޢައުރަ ނިވާކުރުމަށް މަގުފަހިވާ ގޮތަށް ކަމެއްވާނަމަ ދީނުގެ ދުޝްމަނުންނަށް ހަޖަމްކުރަން ދަތިވާނެ: ޑރ. ޢަލީ ޒާހިރު

ޢައުރަ ނިވާކުރުމަށް މަގުފަހިވާ ގޮތަށް ކަމެއްވާނަމަ ދީނުގެ ދުޝްމަނުންނަށް ހަޖަމްކުރަން ދަތިވާނެ: ޑރ. ޢަލީ ޒާހިރު

2026 ޖެނުއަރީ 03
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ޢައުރަ ނިވާކުރުމަށް މަގުފަހިވާ ގޮތަށް ކަމެއްވާނަމަ ދީނުގެ ދުޝްމަނުންނަށް ހަޖަމްކުރަން ދަތިވާނެ ކަމަށް ދީނީޢިލްމުވެރިޔާ ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވިދާޅުވެއްޖެއެވެ.

ޑރ. ޢަލީ ޒާހިރު މިފަދައިން ވިދާޅުވެ މީސްމީޑިއާގައި ޚިޔާލު ފާޅުކުރައްވާފައިވާއިރު، މި އިޞްލާޙުތަކަށް ބައެއް މީހުންގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، ކުރީގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މުސްލިމު ޖިންސުއްލަތީފުންގެ ޒީނަތްތެރިކަމާއި ނަޒާހަތްތެރިކަން ހިފެހެއްޓުމުގެ ނަމުގައި، އެ މީހުންގެ ޒާތީ ކަންކަމުގެ ތެރެއަށް ދައުލަތުން ވަންނާކަށް ނުޖެހޭ ކަމަށެވެ.

ނަޝީދުގެ އިތުރުން އެމްޑީޕީން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެމްޑީޕީން ނެރުނު ނޫސްބަޔާނެއްގައި އެ އުސޫލުތައް އުވާލުމަށް ސިވިލް ސާވިސް ކޮމިޝަނަށް އެ ޕާޓީން ވަނީ ގޮވާލާފައެވެ.

 

 

މީގެއިތުރުން އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު އަދި އެ ޕާޓީގެ ޗެއާޕާސަން ކަމުން ދާދިފަހުން އިސްތިޢުފާ ދެއްވި ފައްޔާޒު އިސްމާޢީލުވެސް ވަނީ މި އިޞްލާޙުތަކާއި ދެކޮޅަށް ފާޑު ވިދާޅުވެފައިކަން ފާހަގަ ކުރެވެއެވެ.

ޑރ. ޢަލީ ޒާހިރު ވިދާޅުވީ ޢައުރަ ނިވާ ކުރުމަށް ދީނުގައި ބާރުއަޅާފައިވާއިރު އެކަމަށް މަގުފަހިވާ ގޮތަށް އެއްވެސް ކަމެއް މެދުވެރިވެއްޖެނަމަ ޙަޤީޤީ މުސްލިމުން އުފާ ކުރާނެ ކަމަށެވެ.

މީގެއިތުރުން ޢަލީ ޒާހިރު ވިދާޅުވީ މިކަމާ ޙަޤީޤީ މުސްލިމުން އުފާކުރިއެއްކަމަކު ދީނުގެ ދުޝްމަނުންނަށް އެކަން ވާނީ ހަޖަމް ކުރަން ދަތި އުނދަގޫ ކަމެއް ކަމަކަށެވެ.

ސިވިލް ސާވިސްގެ މުވައްޒަފުންގެ ހެދުން އެޅުމުގެ ޤަވާޢިދަށް ސިވިލް ސާވިސް ކޮމިޝަނުން ދާދިފަހުން ބަދަލު ގެނެސްފައި މިވަނީ އެކަމުގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބާއްވަވާ ރައްޔިތުންގެ ބައްދަލުވުންތަކުގެ ތެރެއިން ބައްދަލުވުމެއްގައި ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށް ހުށަހަޅާފައިވަނިކޮށްކަން ފާހަގަ ކުރެވެއެވެ.

ހެދުން އެޅުމުގެ ޤަވާޢިދަށް ގެނައި އިޞްލާޙުގައިވާ ގޮތުން އަންހެން މުވައްޒަފުންގެ ހެދުމުގެ ގޮތުގައި ދިގު ހެދުން ނުވަތަ ދިވެހި ލިބާސް ނުވަތަ އޮފީސް ހެދުން ބޭނުންކުރެވޭނެ ކަމަށް ބުނެފައިވެއެވެ. ކޮންމެ ބާވަތެއްގެ ހެދުމެއްގެ ވެސް ކަރު ހުންނަންވާނ،ީ ނިވައިވާ ގޮތަށް ކަމަށް އިޞްލާޙުގައިވެއެވެ. އަދި އަތްކުރު ހެދުމެއް ނަމަ އަތް ހުންނަންވާނ،ީ ކޮނޑުހުޅާއި އުޅަބޮށްޓާ ދެމެދަށް ވުރެ ކުރުނުވާ ގޮތަށް ކަމަށް ވެސް ޤަވާޢިދުގައިވެއެވެ.

އަތްދިގު ހެދުމެއް ނަމަ ހެދުމުގެ އަތް ހުންނަންވާނީ އަތުގެ ކުޑަހުޅަށް ވުރެ ދިގުނުވާ ވަރަށެވެ. ހަމައެއާއެކު ހެދުމުގެ މަތީބައ،ި ގަމީސް އަދި ސޫޓު ޖެކެޓުގެ މަތީބައިގެ އަރިމަތިން، ކުރިމަތިން، ފުރަގަހުން އަދި ތިރިން ފަޅައިފައި ހުންނަ ނަމަ ފަޅައިފައި ހުންނަބައި ހުންނަންވާނީ، މައްޗަށް އަތް ދަމާލީމާ އުނަގަނޑުން ތިރީބަޔާއި، އުނަގަނޑުން މަތީބަޔާ ދެމެދުން ހަށިގަނޑުގެ އެއްވެސް ތަނެއް ނުފެންނަ ވަރަށް ކަމަށް ޤަވާޢިދުގައިވެއެވެ. އަދި މިފަދަ ހެދުމުގެ ދިގުމިން ހުންނަންވާނ،ީ ބުޑުގެތިރީ ކައިރިން ފެށިގެން މައްޗަށް ދެ އިންޗިއަށް ވުރެ ހެދުން ކުރުނުވާ ވަރަށް ކަމަށް ވެސް ގަވައިދުގައިވެއެވެ. އަދި ފޮތި ވާންވާނީ އޮފީހުގެ މާޙައުލާ ގުޅޭ ފޮއްޗަކަށް ކަމަށް ވެސް ޤަވާޢިދުގައިވެއެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް