
މޫނު ބުރުގާ އަޅައިގެން ސިވިލް ސާވިސް ވަޒީފާ އަދާކުރުމަށް ހުރަސް އެޅޭ ގޮތަށް ގަވާއިދުގައި އޮތް މާއްދާ އިސްލާހުކޮށްފި
މޫނު ބުރުގާ އަޅައިގެން ސިވިލް ސާވިސް ވަޒީފާ އަދާކުރުމަށް ހުރަސް އެޅޭ ގޮތަށް ގަވާއިދުގައި އޮތް މާއްދާ އިސްލާހުކޮށް މިއަދު ގެޒެޓު ކޮށްފިއެވެ.
މިއަދު ސިވިލް ސާވިސް ކޮމިޝަނުން ގެޒެޓުގައި ޝާއިއުކުރި އިސްލާހު ގެނައުމުގެ ކުރިން ސިވިލް ސާވިސްގެ ގަވާއިދުގެ 145ވަނަ މާއްދާގެ (ހ)ގައި ބުނެފައިވަނީ ސިވިލް ސާވިސް މުވައްޒަފުން ހެނދުން އަޅަންޖެހޭނީ ކާކުކަން އެނގޭ ގޮތަށް ކަމުގައެވެ. މިހާރު އެ މާއްދާގައި ބުނަނީ އެ މުވައްޒަފުގެ ނަމާއި މަގާމު އެނގޭ ގޮތަށް ކާޑެއް ނުވަތަ ޓެގެއް ބޭނުންކުރަންވާނެ ކަމަށެވެ.
މިއާއެކު ސިވިލް ސާވިސް ވަޒީފާ އަދާކުރަން ބޭނުންވެ، މޫނު ބުރުގާ އަޅާތީ ވަޒީފާގެ ފުރުސަތު ނުލިބިތިބި އެތައް ގާބިލު އަންހެނުންނަށް އެ ހައްގު ކަށަވަރުވެގެންދާނެއެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ މިކަމަކީ ކުރީގެ އެއްވެސް ވެރިއަކަށް ކުރަން ކެރިވަޑައިގެން ކަމެއް ނޫނެވެ.
މީގެ އިތުރުން ގަވާއިދަށް ގެނެވިގެންދިޔަ އިސްލާހާއި އެކީ، އާއިލީ މީހަކު ބޮޑު ބައްޔަކަށް ފަރުވާ ހޯދަންޖެހޭ ހާލަތުގައި ހާއްސަ ޗުއްޓީއެއްގެ ގޮތުން 30 ދުވަހުގެ ޗުއްޓީއެއް ލިބޭގޮތަށް ވަނީ ހަމަޖެހިފައެވެ.
ކުރީގައި މި ގަވާއިދުގައި ވާގޮތުން، ވަޒީފާއަދާ ކުރާ މުވައްޒަފަށް ބޮޑު ބައްޔެއް ދިމާވެއްޖެ ހާލަތެއްގައި 60 ދުވަހުގެ ހާއްސަ ޗުއްޓިއެއް ލިބެއެވެ. އެހެންނަމަވެސް އާއިލާ މީހަކަށް ބޮޑު ބައްޔެއް ކުރިމަތިވެގެން އެ ޗުއްޓީއެއް ނުލިބެއެވެ.
މިހާރު ގަވާއިދަށް ގެނެވުނު އިސްލާހާއިއެކީ މުވައްޒަފުގެ މަންމައަށް ނުވަތަ ބައްޕައަށް ނުވަތަ އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް، ނުވަތަ ދަރިއަކަށް ނުވަތައް އެއްބަނޑުއެއްބަފާ މީހަކަށް ނުވަތަ އެއްބަފާ މީހަކަށް ނުތަވަ އެއްބަނޑު މީހަކަށް ނުވަތަ ޝަރުއީ ގޮތުން ބަލަންޖެހޭ މީހަކަށް ބޮޑު ބައްޔެއް ކުރިމަތިވާ ހާލަތުގައާއި ބޯންމެރޯ ނުވަތަ ގުނަވަނެއް ހަދިޔާކުރަން ބޭނުންވާ ހާލަތުގައި އަސާސީ މުސާރަ ލިބޭ ގޮތަށް އަހަރަކު 30 ދުވަހުގެ ހާއްސަ ސިއްހީ ބޭނުންތަކަށް ދެވޭ ޗުއްޓީ ލިބޭނެއެވެ.
ސިވިލް ސާވިސްގެ އޮނިގަނޑަށާއި ގަވާއިދަށް ގެނެވުނު މި އިސްލާހުތަކަކީ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއަހައި، ހަމަހަމަކަން ކަށަވަރުކޮށްދީ، ދައުލަތަށް ނުހަަނު ގިނަ ހިދުމަތްކުރާ މުވައްޒަފުން އުފުލަމުންދާ ތަކުލީފުތަކާއި ތަހައްމަލުކުރަންޖެހިފައިވާ ވޭންތަކަށް ތަސައްލީ ހޯދައިދިން އިސްލާހު ތަކެކެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
އެސްޓީއޯއިން 23 ބާވަތެއްގެ ކާބޯތަކެތި އެތެރެކުރަން ފެށީ ތަކެތީގެ އަގު ހެޔޮކުރަން: ރައީސް2025 ޑިސެމްބަރު 05
ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް މަޚްލޫފު ޢައްޔަންކުރައްވައިފި2025 ޑިސެމްބަރު 04
ތިމާވެށްޓަށް ގެއްލުންދޭ ކުދި ޕްލާސްޓިކް ފެންފުޅި މަނާކުރުން 2028އަށް ފަސްކޮށްފި2025 ޑިސެމްބަރު 03