logo
logo
ސްޕެޝަލް އެންވޯއިގެ މަޤާމުން ރައީސް ވަޙީދު އިސްތިޢުފާ ދެއްވައިފި

ސްޕެޝަލް އެންވޯއިގެ މަޤާމުން ރައީސް ވަޙީދު އިސްތިޢުފާ ދެއްވައިފި

2026 ފެބްރުއަރީ 03
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއިގެ މަޤާމުން ރައީސް ވަޙީދު އިސްތިޢުފާ ދެއްވައިފިއެވެ.

ރައީސް އޮފީހުން ހާމަކުރި ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއިގެ މަޤާމުގައި ހުންނެވި ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން އެ މަޤާމުން މިއަދު ވަނީ އިސްތިޢުފާ ދެއްވައިފައެވެ.

ރައީސް އޮފީހުން ބުނީ ރައީސް ވަޙީދުގެ އިސްތިޢުފާގެ ސިޓީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވާފައި ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއީގެ މަޤާމުން ރައީސް ވަޙީދު މިއަދު އިސްތިޢުފާދެއްވިއިރު، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިންގެ ބަރަހަނާ މަންޒަރު ވީޑިއޯކޮށް، އެ ކުދިންނާއި އެތައް ބަޔަކު ބްލެކްމެއިލްކުރި ޖެފްރީ އެޕްސްޓީންއާ އެކު، ރައީސް ޑރ. މުޙައްމަދު ވަޙީދު ގާތް ގުޅުމެއް ބޭއްވިކަން ވަނީ ހާމަވެފައެވެ.

މިކަން ހާމަކޮށްފައި ވަނީ އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ހާމަކޮށްފައިވާ އެޕްސްޓީންގެ އީމެއިލް އަދި އެސްއެމްއެސްތަކުންނެވެ. އެ މުއާމަލާތްތަކުން އެނގޭ ގޮތުގައި ރައީސް ވަޙީދުއާއި އެޕްސްޓެއިންގެ ގުޅުން 2012 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ކުރިއަށް ގެންދިޔައެވެ.

ޖެފްރީ އެޕްސްޓީން ވަނީ ކުޑަކުދިން ހިމެނޭހެން ޖިންސީ އެތައް ކުށެއްގެ މައްސަލާގައި ޖަލަށް ލާފައި ވަނިކޮށް މަރުވެފައެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް