
790 މިލިއަން ޑޮލަރުގެ ބިޔަ މަޝްރޫޢު "އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް"ގެ ބިންގާ އަޅައިފި
ރާއްޖޭގެ ފުރަތަމަ ޓައުންޝިޕް މަޝްރޫޢު، 'އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް'ގެ ބިންގާ އަޅައިފިއެވެ.
މި ކަމަށްޓަކައި މިއަދު ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ ބިންގާ އަޅުއްވާދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
ޖުމްލަ 790 މިލިޔަން އެމެރިކާ ޑޮލަރު ނުވަތަ 12.2 ބިލިޔަން ރުފިޔާގެ މި ބިޔަ މަޝްރޫޢު ކުރިއަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ނ. އަތޮޅުގެ ދިގުފަރު ފަޅާއި، ދެކުނުފަރު އަދި ކުރަމާދޫ ހިމެނޭ ސަރަހައްދުގައެވެ. މި ޕްރޮޖެކްޓް ހަވާލުކޮށްފައިވަނީ ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާ އެވެ.
މިއީ ރާއްޖޭގެ ސްޕެޝަލް އިކޮނިމިކް ޒޯން، އެސްއީޒެޑްގެ ދަށުން ހިންގާ ފުރަތަމަ ބޮޑު މަޝްރޫޢެވެ. މި މަޝްރޫޢަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިދިޔަ އަހަރުގެ މާރިޗު މަހު ފަށައި، ޑިސެންބަރު މަހުގެ ނިޔަލަށް ނިންމާފައިވާއިރު މަޝްރޫޢުގެ ހުއްދަ ރަސްމީކޮށް ހަވާލުކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު 11 ގައެވެ.
މި ޕްރޮޖެކްޓާ ގުޅޭގޮތުން ވާހަކަދައްކަވަމުން ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޕީޓަރ ވިދާޅުވިގޮތުން މި ޕްރޮޖެކްޓް 2028 ވަނަ އަހަރުގެ މެދުތެރޭގައި ނިންމާލެވޭނެއެވެ. އަދި އެ ޕްރޮޖެކްޓްގެ ސަބަބުން ރާއްޖޭގެ އަންނަން އޮތް ޖީލުތަކަށްވެސް ގިނަ ފައިދާތަކެއް ކުރާނެއެވެ.
މި ޓައުންޝިޕްގައި ދުނިޔޭގެ ފެންވަރުގެ ޞިއްޙީ ޚިދުމަތްދޭ މަރުކަޒަކާއި، ބައިނަލްއަޤްވާމީ ފެންވަރުގެ ޓޫރިޒަމް ސްކޫލެއް ޤާއިމުކުރާއިރު، ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ ބާވަތްތައް ދެމެހެއްޓެނިވި ގޮތެއްގައި އުފެއްދުމަށްޓަކައި ޒަމާނީ ޓެކްނޮލޮޖީއާއެކު އެކުއަކަލްޗަރ އަދި މެރިކަލްޗަރ ޒޯނެއްވެސް ތަރައްޤީކުރާނެއެވެ.
މި ޓައުންޝިޕަށް ބޭނުންވާ ކަރަންޓުގެ 60 އިންސައްތަ އުފައްދާނީ އިޔާދަކުރަނިވި ހަކަތައިންނެވެ.
"ޕްރޮޖެކްޓް އައިލާ" ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ސީއީއޯ ޕެޓަރް ކްރިސްޓިކް ވިދާޅުވީ އެ ޓައުންޝިފަކީ ރައީސް ޑރ. މުއިއްޒުގެ އިސްނެންގެވުމުގެ ދަށުން ކުރަމުންދާ މަސައްކަތެއް ކަމަށެވެ. އަދި މިއީ ރައީސް ޑރ. މުއިއްޒުގެ ހުވަފެނެއް ކަމަށާއި އެ ހުވަފެން ހަގީގަތަށް ވުމުގެ މަސައްކަތް ފެށިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"މި މަޝްރޫއުން ދައްކުވައި ދެނީ ރައީސް ޑރ. މުއިއްްޒުގެ ވަރުގަދަ ލީޑާޝިޕް އަދި ރާއްޖެ ތަރައްގީ ކުރެއްވުމަށް އެމަނިކުފާނު ދެއްވާ އަހައްމިއްޔަތުކަން. ރައީސް މުއިއްޒުގެ އެހީތެރިކަމާއި އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އަދި އިގްތިސާދީ ވަޒީރު ސައީދާއި މިނިސްޓްރީގެ ބޭފުޅުންނަށް ވެސް ވަރަށް ހާއްސަ ޝުކުރެއް އަދާކުރަން. އެ ބޭފުޅުން ވަނީ މި ޕްރޮޖެކްޓްގެ ކޮންމެ މަރުހަލާއެއްގައި ވަރަށް ބޮޑަށް އެއްބާރުލުން ދެއްވައި މަގު ދައްކަވައި ދެއްވާފައި." ޕެޓަރް ވިދާޅުވިއެވެ.
ޕެޓަރް ވިދާޅުވީ ރާއްޖައަކީ ވިޔަފާރިއާއި އިގްތިސާދީ ގޮތުން އިންވެސްޓް ކުރަން ވަރަށް ރަނގަޅު ގައުމެއް ކަމަށެވެ. އެކި އިދާރާތަކުގެ ޕްރޮފެޝެނިލިޒަމާއި ހާމަކަމާއި ސަރުކާރުގެ ދުރުވިސްނުމުގެ ސަބަބުން ރާއްޖޭގައި ރަނގަޅު އިންވެސްޓްމެންޓެއް ކުރުމަށް މަޖްބޫރުވެގެންދާ ކަމަށް ވިދާޅުވިއެވެ. ޓައުންޝިޕްގެ މަޝްރޫއާއެކު ރާއްޖެއަށް އެކި ދާއިރާތަކުން އިންވެސްޓްމެންޓްތައް ލިބުން ގިނަވަގެންދާނެ ކަމަށް ވިދާޅުވިއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ޑރ. ޒާހިރު ޙުސައިންގެ ޚިދުމަތަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރުއަދާކުރައްވައިފި2026 ފެބްރުއަރީ 01
ޕީއެންސީގެ ޒުވާނުންގެ ގޮފި އުފައްދާ އިއުލާންލާނު ކުރިތާ 1 ދުވަސް ތެރޭ މަސައްކަތް ފަށާފި، ފުރަތަމަ ބައްދަލުވުން ރޭ ބާއްވައިފި 2026 ޖެނުއަރީ 29
ރޯދަ ހަދިޔާއަށް ބޮޑު ތަރުހީބެއް، 12 ހާހަށްވުރެ ގިނަ މަސްދަޅު ކޭސް ދޫކޮށްފި!2026 ޖެނުއަރީ 27
ފަތިސް ނަމާދުން ދުވަސް ފެށުމަށް ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ރައީސް އިލްތިމާސްކުރައްވައިފި2026 ޖެނުއަރީ 27