
ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައްވައިފި!
ޒައުޖަތު އަޙުމަދުސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރެއްވި ގޮތުގައި މި ފުރުޞަތު ހުޅުވާލެއްވީ ސިވިލް ސަރވިސް ކޮމިޝަނުގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން 3 (ތިނެއް) މެންބަރެއްގެ މުއްދަތު ހަމަވާތީއެވެ.
މި ފުރުޞަތު ހުޅުވާލައްވާފައިވަނީ، މިއަދުން ފެށިގެން 2025 ޖުލައި 20 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ.
މަޤާމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ދެއްވާފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.
ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
އަންނަ މަހުގެ 5 ގައި ސަރުކާރު ބަންދު!2026 ޖެނުއަރީ 13
ޢައުރަ ނިވާކުރުމަށް މަގުފަހިވާ ގޮތަށް ކަމެއްވާނަމަ ދީނުގެ ދުޝްމަނުންނަށް ހަޖަމްކުރަން ދަތިވާނެ: ޑރ. ޢަލީ ޒާހިރު2026 ޖެނުއަރީ 03
ހެދުންއެޅުމުގެ ޤަވާޢިދާބެހޭ ގޮތުން އެމްޑީޕީގެ ވެރިންގެ ވާހަކަތަކަށް ޝައިޚް ޒަމްޒަމް ރައްދު ދެއްވައިފި!2026 ޖެނުއަރީ 03
ނޮވެންބަރު 2 ސަރުކާރު ބަންދު!2025 އޮކްޓޯބަރު 23