
ސުޕްރީމް ކޯޓުގެ ނިންމުމަށްފަހު ކުއްލި ކެބިނެޓް ބައްދަލުވުމެއް ބޭއްވިކަމަށްބުނެ އަދަދުނޫހުން ހެދީ ދޮގެއް: ހީނާ
ޒައުޖަތު އަޙުމަދުސުޕްރީމް ކޯޓުގެ ނިންމުމަށްފަހު ކުއްލި ކެބިނެޓް ބައްދަލުވުމެއް ބޭއްވިކަމަށްބުނެ އަދަދުނޫހުން ހެދީ ދޮގެއް ކަމަށް ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހީނާ ވިދާޅުވީ "ސުޕްރީމް ކޯޓުގެ ނިންމުމަށްފަހު ކުއްލި ކެބިނެޓް ބައްދަލުވުމެއް" މި ސުރުޚީގެ ދަށުން އަދަދު ނޫހުން ގެނެސްދީފައިވާ ޚަބަރަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.
ހީނާ ވިދާޅުވީ އެއްވެސް ސައްހަ ކަމެއް ނެތް މިފަދަ ދޮގު މަޢުލޫމާތެއް، ރައްޔިތުންނަށް އޮޅޭ ގޮތަށް ގެނެސްދިނުމަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށެވެ.
އަދަދު ނޫހުން އެފަދަ ދޮގު މަޢުލޫމާތެއް ގެނެސްދީފައިވާތީ އެ މައްސަލަ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މީޑިއާ ކައުންސިލަށް ހުށަހަޅާނެ ކަމަށް ވެސް ހީނާ ވިދާޅުވިއެވެ.
އަދަދު ނޫހުން ރިޕޯޓްކޮށްފައިވަނީ "ބަންޑާރަ ނައިބުގެ އޮފީހުން ވަކާލާތުކުރި ގޮތާ ހިލާފަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލާ ގުޅޭ ދުސްތޫރީ މައްސަލަ ބެލޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމުމަށް ފަހު ކުއްލި ކެބިނެޓް ބައްދަލުވުމެއް މިއަދު މެންދުރު ރައީސް އޮފީހުގައި ބާއްވައިފި އެވެ." މިފަދައިންނެވެ.
އަދަދު ނޫހުން ގެނެސްދިން އެ ޚަބަރުގައި ބުނެފައި ވަނީ ކެބިނެޓް ބައްދަލުވުން ބާއްވަނީ އާދިއްތަ ދުވަހު ކަމުގައިވީނަމަވެސް ކުއްލި ކެބިނެޓު ބައްދަލުވުމެއް މިއަދު ބާއްވާފައިވާކަމަށް އަދަދު ނޫހަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭ ޙާލަތްތަކެއް ބަޔާންކޮށް ޤާނޫނު އަސާސީއަށް ގެނައި އިސްލާޙް ބާޠިލްކޮށްދިނުމަށް ޤާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު ޢަލީ ޙުސައިން ސްޕްރީމްކޯޓަށް ހުށަހެޅި މައްސަލަ ކުރިއަށް ގެންދަން އެ ކޯޓުން މިއަދު ވަނީ ނިންމައިފައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
އަދަދު ނޫހުން ދީނަށް ފުރައްސާރަވާ ގޮތަށް ގެނެސްދިން ކާޓޫނު އެމްޑީޕީން ދިފާޢުކޮށްފި!2026 ޖެނުއަރީ 23
އިސްލާމްދީނަށް ހަޖޫޖަހާ އަދަދު ނޫހުން ކާޓޫން ކުރެހުމުން މީޑިއާތަކުން އެކަން ކުށްވެރިކޮށްފި2026 ޖެނުއަރީ 23
އަދަދު ނޫހުން އިސްލާމްދީނަށް ހަޖޫޖަހާ ކާޓޫނު ކުރަހައިފި 2026 ޖެނުއަރީ 22
ފުވައްމުލަކުގެ ފެނުގެ މައްސަލަ ހައެއްކަ ގަޑިއިރުގެ ތެރޭގައި ހައްލުވާނެ: ހީނާ2025 ނޮވެމްބަރު 11