ފުވައްމުލަކުގެ ފެނުގެ މައްސަލަ ހައެއްކަ ގަޑިއިރުގެ ތެރޭގައި ހައްލުވާނެ: ހީނާ

ފުވައްމުލަކުގެ ފެނުގެ މައްސަލަ މުޅިން ހައްލުކޮށް، ކުރިއަށް އޮތް ހައެއްކަ ގަޑިއިރުތެރޭގައި ކުރިއެކޭ އެއްގޮތަށް އަލުން ފެނުގެ ޚިދުމަތް ފޯރުކޮށްދެވޭނެކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ފުވައްމުލަކުގެ ފެން ޕްލާންޓުން އުފައްދާ ފެން، ތަޣައްޔަރުވުމުގެ މައްސަލައެއް ދިމާވެ ފެނުގެ ޚިދުމަތް ވަނީ މެދުކެނޑިފައެވެ.
އެކަމާ ގުޅިގެން ހީނާ މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓްގައި ވަނީ ފެން ތަޣައްޔަރުވެފައިވާތީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ މިންގަނޑުތަކާ އެއްގޮތަށް ފެން ޑިސްއިންފެކްޓްކޮށް، ތާނގީތައް ސާފުކޮށް، ފްލަޝް ކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން ކުރަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން ހީނާ ވިދާޅުވީ ކުރިއަށް އޮތް ހައެއްކަ ގަޑިއިރުގެ ތެރޭގައި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްފަހު ކުރިއެކޭ ވެސް އެއްގޮތަށް ފެން ދޫކުރަން ފަށާނެ ކަމަށެވެ.
އެ ޕޯސްޓްގައިވާ ގޮތުން އެ މައްސަލަ ކުރިމަތިވުމާ އެކު، ވަގުތީ ގޮތުން ފުވައްމުލަކަށް ބޭނުންވާ ފެން ފޯރުކޮށް ދިނުމުގެ މަސައްކަތް ވަނީ ކޮށްފަ އެވެ. އެގޮތުން ކަނޑާއި ވައިގެމަގުން 1،200 ކޭސް ފެން ފުވައްމުލަކަށް ފޮނުވާފައި ވާއިރު، އިތުރަށް ވެސް ފެން ކޭސްތައް ފޮނުވުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ކުރަމުންދާ ކަމަށް ވެސް އެ ޕޯސްޓްގައިވެ އެވެ.
ފުވައްމުލައް ސިޓީއަށް މިވަގުތު ދިމާވެފައިވާ ފެނުގެ މައްސަލަ ވީހާވެސް އަވަހަށް ހައްލުކުރުމަށް ކަމާބެހޭ މުއައްސަސާތައް ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ.
އިތުރަށް





.gif.gif&w=828&q=100)
