އެމްއެމް ޓީވީ ހަދަން އެންސްޕާ އިން އެއްވެސް ހަރަދެއް ކޮށްފައެއްނުވާނެ: ހީނާ

އެމްއެމް ޓީވީ ހަދަން އެންސްޕާ އިން އެއްވެސް ހަރަދެއް ކޮށްފައެއްނުވާނެ ކަމަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ހީނާ ވިދާޅުވީ އެމްއެމް ޓީވީ ހަދަން އެންސްޕާ އިން އެއްވެސް ހަރަދެއް ކޮށްފައިނުވާނެ ކަމަށާއި އެކަން އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ވެސް ސާފުވާނެ ކަމަށެވެ.
އެންސްޕާ ހިންގުމަށް ފަސް އަހަރު ދުވަހުގެ މުއްދަތަކަށް މއ.ސީރާޒީގެ ދެ ފަންގިފިލާ ކުއްޔަށް ހިފުމުން އެއީ އެމްއެމްޓީވީ އާއި ގުޅުން ހުރި އެއްބަސްވުމެއް ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރީ 2024 ވަނަ އަހަރުއެވެ. އެއިމާރަތަކީ އެމްއެމްޓީވީ ވެސް ހިންގަމުން އަންނަ އިމާރާތެވެ. ނަމަވެސް އެންސްޕާ އިން ފަހުން ވަނީ ކުއްޔަށް ނެގި ފަންގިފިލާތައް ދޫކޮށްލާ، އެއްބަސްވުން އުވާލާފައެވެ.
އެންސްޕާއިން އޮފީސް އިމާރާތެއް ކުއްޔަށް ނެގިއިރު ހީނާ ހުންނެވީ އެންސްޕާގެ ސީއީއޯގެ މަގާމުގައެވެ. އޭނާ މިނިސްޓަރު ކަމަށް އައްޔަން ކުރެއްވީ މިއަހަރުގެ އޭޕްރީލް މަހުއެވެ.
އިތުރަށް





.gif.gif&w=828&q=100)