logologologologo
STO
ޚަބަރު

ސިއްހީ ފަރުވާ ހޯދުމުގައި އެހީ ބޭނުންވާ މީހުންނަށް އެންސްޕާއިން ޖޫން މަހުގެ ނިޔަލަށް 90.1 މިލިއަން ރުފިޔާ ދޫކުރި

ސިއްހީ ފަރުވާ ހޯދުމުގައި އެހީ ބޭނުންވާ މީހުންނަށް އެންސްޕާއިން ޖޫން މަހުގެ ނިޔަލަށް 90.1 މިލިއަން ރުފިޔާ ދޫކުރި
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ޖުލައި 21

ސިއްހީ ފަރުވާ ހޯދުމުގައި އާސަންދައިން ފޯރުކޮށްދޭ އެހީތެރިކަމުގެ އިތުރަށް އެހީތެރިކަން ބޭނުންވި މީހުންނަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަންް އެޖެންސީ (އެންސްޕާ)އިން 90.1 މިލިއަން ރުފިޔާ ދޫކޮށްފައިވާކަން އެ އިދާރާއިން ހާމަކޮށްފިއެވެ. 

ރާއްޖޭގެ ނޫހަކުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން  އެދުމުން، އެންސްޕާއިން ހިއްސާކުރި ތަފާސްހިސާބުތަކަށް ބަލާއިރު 2018 ވަނަ އަހަރުން ފެށިގެން ވެލްފައާއަށް ނުވަ އަހަރު ތެރޭ 2.06 ބިލިއަން ރުފިޔާ ސިއްހީ އެކި ކަންކަަމުގެ ވެލްފެއާއަށް އެންސްޕާއިން ދޫކޮށްފައިވެއެވެ. 

  • 2024 ވަނަ އަހަރު ބޭސްފަރުވާ ހޯދުމަށް އާސަންދައިން ދޭ އެހީގެ އިތުރަށް އެހީ ބޭނުންވި މީހުންނަށް 490.7 މިލިއަން ރުފިޔާ ދޫކުރި
  • 2025 ވަނަ އަހަރު 360.4 މިލިއަން ރުފިޔާ އެންސްޕާއިން ބޭސްފަރުވާ ހޯދުމަށް ބޭނުންވާ މީހުންނަށް އެހީގެ ގޮތުގައި ދޫކުރި
  • 2026 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަަށް 90،118،739.77 (ނުވަދިހަ މިލިއަން އެއްލައްކަަ އަށާރަހާސް ހަތްސަތޭކަ ތިރީސްނުވަ ރުފިޔާ ހަތްދިހަ ހަތް ލާރި) އެންސްޕާއިން މެޑިކަލް ވެލްފެއާ އެހީގެ ގޮތުގައި ދޫކުރިއެވެ. 

އެންސްޕާއިން އާއްމުކޮށް އެހީތެރިވަނީ އާސަންދައިން ދޫކުރާަ އެހީގެ އިތުރަށް ބަލިމީހުންނަށް ބޭނުންވާ އެހީއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް