logologologologo
STO
ޚަބަރު

ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ 14 ހާހަށްވުރެ ގިނަ މީހުން

ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ 14 ހާހަށްވުރެ ގިނަ މީހުން
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2025 ސެޕްޓެމްބަރު 21

ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ ސާދަ ހާހަށްވުރެ ގިނަ މީހުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ، އެންސްޕާގައި ރަޖިސްޓަރީ ކޮށްފައިވާކަމަށް އެ އިދާރާއިން ބުނެފިއެވެ.

އެ އިދާރާއިން މިއަދު އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، ހުސްވި އޮގަސްޓުމަހުގެ ނިޔަލަށް ރާއްޖޭގައި 14،673 މީހުން އެންސްޕާގައި ރަޖިސްޓަރީ ކޮށްފައިވެއެވެ.

މީގެތެރޭގައި 18 އަހަރުން ދަށުގެ 1479 އަންހެން ކުދިންނާއި 3437 ފިރިހެންކުދިން، އެކު ޖުމްލަ 4916 ކުދިން ރަޖިސްޓަރީކޮށްފައިވެއެވެ. އަދި 18 އަހަރާއި 64 އަހަރާއި ދެމެދުގެ 3625 އަންހެނުންނާއި 3847 ފިރިހެނުން، ޖުމްލަ 7472 މީހުން ހިމެނެއެވެ. މީގެއިތުރުން 65 އަހަރުންމަތީގެ 1039 އަންހެނުން، 1246 ފިރިހެނުންނާއިއެކު ޖުމްލަ 2285 މީހުން މި އުކުރު ފުރާގައި ހިމެނެއެވެ.

މި އަދަދުތަކަށް ބަލާއިރު ނުކުޅެދުންތެރިކަން ހުންނަ 6143 އަންހެނުންނާއި 8530 ފިރިހެނުން ހިމެނެއެވެ.

މި ފަރާތަކަކީ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ފަރާތްތައް ކަން ފާހަގަކުރެވެއެވެ.

އެގޮތުން މިދިޔަ އޮގަސްޓު މަހު އެންސްޕާއިން ވަނީ 14،492 ފަރާތަކަށް 52،664،000 ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފައި ކަމަށް އެންސްޕާއިން ބުނެފައިވެއެވެ.

އެންސްޕާއަކީ ރައްޔިތުންގެ އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރު ކުރުމަށް އުފައްދާފައިވާ ސަރުކާރުގެ އިދާރާއެކެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް