ފާޓިލިޓީ ފަންޑުން އައިވީއެފް ހަދަން 50 ދެމަފިރިއަކަށް ފުރުސަތު ހުޅުވާލައިފި

އައިވީއެފް ހަދަން އެހީދޭން ސަރުކާރުން ގާއިމްކޮށްފައިވާ "ފާޓިލިޓީ ކެއަރ ފަންޑު"ން މި އަހަރު ދޭ އެހީއަށް އެދުމުގެ ފުރުޞަތު ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީން (އެންސަޕާ) އިން ހުޅުވާލައިފިއެވެ.
އެންސްޕާއިން ވިދާޅުވީ މިފަހަރު ހުޅުވާލި ފުރުސަތަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެހީ ދޭނީ އެންމެ މަތިން ޕޮއިންޓް ލިބޭ 50 ދެމަފިރިއަކަށް ކަމަށެވެ. އަދި ކަމަށް އެދުމުގެ ފުރުޞަތު އަންނަ މަހުގެ 20 ވަނަ ދުވަހާ ހަމައަަށް ވަނީ ހުޅުވާލާފައެއެވެ.
އެންސްޕާއިން ބުނީ މިކަމަށް އެދި ފޯމް ހުށަހެޅޭނީ "ވަން ގަވް ޕޯޓަލް" މެދުވެރިކޮށް އޮންލައިންކޮށް ކަމަށެވެ.
ފާޓިލިޓީ ކެއަރ ޓްރަސްޓް ފަންޑުން އައިވީއެފްގެ ފަރުވާއަށް މިދިޔަ އަހަރު އެކަނިވެސް 4.78 މިލިޔަން ރުފިޔާ ދޫކޮށްފައިވެއެެވެ. އަދި މިއަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ޖުމުލަ 93 ފަރާތެއްގެ ފަރުވާއަށް 7.13 މިލިޔަން ރުފިޔާ ދޫކޮށްފައިވެއެވެ. އަދި އޭގެތެރެއިން 23 ފަރާތެއްގެ އައިވީއެފް ފަރުވާ ކާމިޔާބުވެފައިވާކަމަށް އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ސަރުކާރުން އައިވީއެފާއި އައިޔޫއައިގެ ޚިދުމަތަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނައިރު މި ޚިދުމަތް ދެވޭ ފެންވަރަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހޮސްޕިޓަލެއް އެޅުމަށް ސަަރުކާރުން ވަނީ ނިންމާފައިވެއެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލަކީ އަންހެނުންނާއި ކުޑަކުދިންގެ ބަލިތަކަށް ފަރުވާ ދިނުމަށް ޚާއްސަކޮށްގެން ތަރައްޤީކުރާ ހޮސްޕިޓަލެކެވެ.
އިތުރަށް





.gif.gif&w=828&q=100)