logologologologo
STO
ޚަބަރު

މިދިޔަ މަހު ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް 52.8 މިލިއަން ރުފިޔާގެ މާލީ އެހީ ދީފި

ފޮޓޯ: ޕީއެސްއެމް
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2025 އޮކްޓޯބަރު 09

މިދިޔަ މަހު ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް 52.8 މިލިއަން ރުފިޔާގެ މާލީ އެހީ ދީފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ވިދާޅުވެއްޖެއެވެ.

އެންސްޕާއިން އާންމު ކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ 14،597 މީހަކަށް ޖުމްލަ 52،818،000 ރުފިޔާގެ މާލީ އެހީ ވަނީ ފޯރުކޮށްދީފައެވެ.

ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދަފްތަރުގައި ޖުމްލަ 14،790 މީހުންވަނީ ރަޖިސްޓްރީ ކޮށްފައެވެ.

އެ ދަފްތަރުގައި 18 އަހަރުން ދަށުގެ 4،959 މީހުން ރަޖިސްޓްރީވެފައިވާއިރު، އޭގެ ތެރޭގައި 1،490 އަންހެނުންނާއި 3469 ފިރިހެނުން ހިމެނެއެވެ. އަދި 18 އަހަރާއި 64 އަހަރާ ދެމެދު 7،526 މީހުން ރަޖިސްޓްރީވެފައިވާއިރު، އެއީ 3،648 އަންހެނުންނާއި 3،878 ފިިރިހެނުން ހިމެނެއެވެ. މީގެއިތުރުން އުމުރުން 65 އަހަރުން މަތީގެ 2،305 މީހުން އެ ދަފްތަރުގައި ހިމެނޭއިރު، އޭގެތެރޭގައި 1،055 އަންހެނުންނާއި 1،250 ފިރިހެނުން ހިމެނެއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް