ފުވައްމުލަކު ގެތަކަށް ފެން ދޫކުރަން ފަށައިފި

ފުވައްމުލަކުގެ އެކި ސަރަޙައްދުތަކަށް ފެން ދޫކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށާއި މެންދުރާ ހަމައަށް ހުރިހާ ހިސާބުތަކަށް ފެން ފޯރުކޮށްދެވޭނެކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ނަޖާހު ވިދާޅުވީ، ފެން ދޫކުރުމުގެ މަސައްކަތް ފަށާފައިވަނީ ފެނުގައި ތަޣައްޔަރުކަމެއް ނެތްކަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ތަޙުލީލުތަކުން ކަށަވަރުކުރުމަށްފަހުގައި ހުއްދަ ލިބިގެންކަމަށެވެ.
ނަޖާހު ވިދާޅުވީ ފެން ދޫކުރުން ކުރިއަށްގެންދަނީ އެކި ސަރަޙައްދުތަކަށް ބަހާލައިގެން ވަކި ތާވަލަކުންކަމަށެވެ. އެގޮތުން ފެނުގެ ވިއުގައިގައި އިތުރު މައްސަލައެއް ފާހަގަނުވާ ގެތަކަށް މިހާރު ފެން ދޫކުރަން ފަށާފައިވާކަމަށް ވިދާޅުވިއެވެ. އަދި މެންދުރާ ހަމައަށް ހުރިހާ ހިސާބަކަށް ފެން ދޫކޮށް ނިންމުމަށް މަސައްކަތްކުރަމުން އަންނަކަމަށްވެސް ނަޖާހު ވިދާޅުވިއެވެ.
ނަޖާހު ވިދާޅުވީ ފުވައްމުލަކުގެ ފެނުގެ ވިއުގައިގައި ހުރި ފެންލީކްވުމުގެ ބޮޑެތި މައްސަލަތައްވެސް މިހާރު ހައްލުކޮށްފައިވާކަމަށެވެ.
ފުވައްމުލަކުގެ ފެނުގެ ވިއުގައަށް މައްސަލައެއް ދިމާވެ ސަޕްލައި ފެނުގެ ޚިދުމަތް މެދުކެނޑުނީ ހޯމަ ދުވަހުއެވެ. ނަމަވެސް ރައްކާތެރި ބޯފެން ކަށަވަރުކުރުމަށް އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ.
އިތުރަށް





.gif.gif&w=828&q=100)
