ނ. އަތޮޅުގެ 5 ރަށެއްގައި ސަރުކާރުން ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ހުޅުވައިފި

ނ. އަތޮޅުގެ 5 ރަށެއްގައި ސަރުކާރުން ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ހުޅުވައިފިއެވެ.
އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާގެ ފަރާޓުން ފެނަކަ ކޯޕަރޭޝަންއާއި ހަވާލުކޮށްގެން ތަރައްޤީ ކުރި ޕާކު ތަކުގެތެރެއިން މިއަދު ވަނީ ނ. ކުޑަފަރީގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކު ރަސްމީކޮށް ހުޅުވާފައެވެ.
ކުޑަފަރީ ޕާކު ހުޅުވައިދެއްވީ އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ގެދޮރުވެރިކަމާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ސާލިމް އަދި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޢަފީފް ޙުސައިންއެވެ.
ކުޑަފަރީގެ އިތުރުން ކުޑަކުދިންގެ ޕާކު ތަރައްޤީ ކުރުމުގެ މަސައްކަތް ނިންމާ މި ހަފްތާގައި ހުޅުވި ރަށްތަކުގެ ތެރޭގައި ހެނބަދޫ، ކެނދިކުޅުދޫ، ވެލިދޫ އަދި މާޅެންދޫ ހިމެނެއެވެ.
ފެނަކަ ކޯޕަރޭޝަނުން ބުނީ މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން، ރަށްރަށުގެ އިޖުތިމާޢީ ދިރުން އާލާކޮށް، ކުޑަކުދިންނަށް އުފާވެރި މާޙައުލެއް ބިނާކޮށްދެއްވުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ޕީއެސްއައިޕީ ޕްރޮގްރާމް ގެ ދަށުން ކުރެވުނު މަސައްކަތެއް ކަމަށެވެ.
އިތުރަށް





.gif.gif&w=828&q=100)