logologologologo
STO
ޚަބަރު

ނަޑެއްލާ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ %49 މަސައްކަތް ނިމިއްޖެ

ނަޑެއްލާ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ %49 މަސައްކަތް ނިމިއްޖެ
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 އޯގަސްޓު 03

ގދ. ނަޑެއްލާ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއުގެ %49 މަސައްކަތް މިހާރު ފުރިހަމަކުރެވިފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން މިހާރު އެންމެ ހިންގާލައިގެން ކުރިއަށްދަނީ ބަނދަރު ފުންކުރުމުގެ މަސައްކަތާއި، އެއްގަމު ތޮށީގެ މަސައްކަތުގެ އިތުރުން ނެރު ފައިކަށީގެ ހިލަ ޖެއްސުމުގެ މަސައްކަތެވެ.

އެ ވުޒާރާއިން ވިދާޅުވީ، އެ މަޝްްރޫއުގެ %49 މަސައްކަތް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި 82،080 ކޮޑި މީޓަރު ވެލި އާ ބަނދަރު ފަޅުން ކޮނުމާއި 19،600 ކޮޑި މީޓަރު ވެލި އާ ނެރުން އިން ކޮނުމާއި 3،900 ކޮޑި މީޓަރު ވެލި މިހާރުގެ ބަނދަރު ފަޅުން ކޮނުމާއި 16،000 ކޮޑި މީޓަރު ވެލި މިހާރުގެ ނެރުން ކޮނުމާއި 48،850 ކޮޑި މީޓަރު ވެލި ބިން ހިއްކުމަށް ކޮނުން ހިމެނެއެވެ.

މީގެއިތުރުން 277.7 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި 105 މީޓަރުގެ ނެރުފައި ކަށި ޖެހުމާއި 244.7 މީޓަރުގެ ބޭރުތޮށި ޖެހުމާއި 17 މީޓަރުގެ ބޭރު ތޮށި ތިރިކޮށް ޖެހުމާއި ޖުމްލަ 188 މީޓަރުގެ ގްރޮއިން ޖެހުމާއި 534 މީޓަރުގެ އެއްގަމު ތޮށި ޖެހުމާއި 534 މީޓަރުގެ ސްކަވަރިން އޭޕްރަން ޖެހުމާއި 10 މޫރިން ބޮއި ހަރުކުރުމާއި 11 މީޓަރު، 11 މީޓަރުގެ ރޭމްޕެއް ހެދުމާއި ހަ ނެރު ބައްތި ޖެހުމާއި 18 ބަނދަރު ބައްތި ޖެހުމާއި 2،660 އަކަ މީޓަރުގެ ޕޭވްމަންޓް އެޅުން ހިމެނެއެވެ.

މި މަޝްރޫއުގެ ޖުމްލަ އަގު 78.6 މިލިއަން ރުފިޔާ އަށް އަރާއިރު، މަޝްރޫއު ނިންމަން ކަނޑައަޅާފައިވަނީ 450 ދުވަހެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް