ޚަބަރު
ދިއްދޫގައި އަޅާ ހައުސިން ޔުނިޓްތަކުގެ 98 އިންސައްތަ ނިމިއްޖެ

ޒައުޖަތު އަޙުމަދު2026 ޖުލައި 20
ހއ. ދިއްދޫގައި އަޅާ ހައުސިން ޔުނިޓްތަކުގެ 98 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.
އިމާރާތް ކުރުމާއި ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ބުނީ ދިއްދޫގައި އަޅާ 75 ހައުސިން ޔުނިޓްގެ 98.55 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ.
އެ ވުޒާރާއިން ބުނީ މިހާރު ކުރިއަށް ދަނީ ބަދިގެ އަދި ފާހާނާގެ ފިނިޝިން މަސައްކަތް ކަމަށެވެ.
އެސްޖޭ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢުގައި ހިމެނެނީ 700 އަކަފޫޓުގެ ދެ ބުރީގެ 75 ރޯހައުސްއެވެ. އޭގެތެރެއިން ކޮންމެ ޔުނިޓެއްގައި 3 ކޮޓަރިއާއި، 3 ފާޚާނާއާއި، ސިޓިންގ ރޫމާއި، ބަދިގޭގެ އިތުރުން ކާގެއާއި، ލޯންޑްރީ އަދި ސްޓޯރ ރޫމު ހިމެނެއެވެ.
ހއ. ދިއްދޫގައި ދިރިއުޅޭ މީހުންގެ އާބާދީ ގާތްގަނޑަކަށް 7000 އަށް އަރައެވެ.
އިތުރަށް

ނަޑެއްލާ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ %49 މަސައްކަތް ނިމިއްޖެ
3 އޯގަސްޓު 2026

ހުޅުމާލޭގައި 1000 ހައުސިންގ ޔުނިޓު ތަރައްޤީކުރުމަށް ދިވެހި 5 ކުންފުންޏަކާއެކު ސޮއިކޮށްފި
16 ޖުލައި 2026

މާރުކޭޓް އަޅަން ބިން ދެވެން ނެތް ކަމަށް މާލޭ ސިޓީކައުންސިލުން ބުނެފި
21 ޖޫން 2026

ގޯއްޗާއި ފުލެޓަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑި މިރޭ 2:00އަށް އިތުރުކޮށްފި
15 ޖޫން 2026

.gif.gif&w=828&q=100)