ރަސްމާލެ ހިއްކުމުގެ މަޝްރޫޢުގެ ދެބައިކުޅަ އެއްބައި ނިމިއްޖެ

ރަސްމާލެ ހިއްކުމުގެ މަޝްރޫޢުގެ 55 އިންސައްތަ ނިމިފައިވާކަމަށް ބިނާރާއި ގެދޮރުވެރިކަމާ އިމާރާތްކުރުމާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
މި މަސައްކަތް ކުރިއަށްދާ ގޮތާއި ގުޅޭގޮތުން ބިނާރާ ބެހޭ ވުޒާރާއިން ބުނީ، މަސައްކަތް ނުހުއްޓި ބާރަށް ކުރިއަށްދާ ކަމަށާއި އެގޮތުން މިހާތަނަށް 556.54 ހެކްޓަރުގެ ބިން ހިއްކައި ނިންމާފައިވާ ކަމަށެވެ. މިއީ، މުޅި މަޝްރޫޢުގެ %55.16 މަސައްކަތެވެ.
ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ޢާއިލީ ބޯހިޔާވަހިކަމުގެ ނަމުގައި އައު ޕްރޮގްރާމެއް ފަށައި، އެ ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހީގެ ގޮތުގައި، މާލޭގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ރަސްމާލެއިން 15،000 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ.
ރަސްމާލެ މަޝްރޫޢަކީ، ބޯހިޔާވަހިކަމަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު އަދި އެންމެ ބިޔަ މަޝްރޫޢެވެ. ރަސްމާލެ މަޝްރޫޢުގެ ދަށުން 65،000 ގެދޮރު ޔަގީންވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. މިއީ، މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނެސްދޭނެ މަޝްރޫޢެއްކަމަށް ސަރުކާރުން ބުނެއެވެ.
ރަސްމާލެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފުރަތަމަ ފެށީ، 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 18ވަނަ ދުވަހުއެވެ. މަސައްކަތްތައް އަވަސް ކުރުމަށް އެމްއޭސީއެލްއާ ހަވާލުކޮށް މަސައްކަތް ފެށީ، މިދިޔަ ޑިސެންބަރު މަހުގެ 1 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދަނީ، 11 ސައިޓަކަށް ބަހާލައިގެންނެވެ. މި މަޝްރޫޢުގެ ދަށުން 1009 ހެކްޓަރުގެ ބިން ހިއްކައެވެ.
އިތުރަށް





.gif.gif&w=828&q=100)