logologologologo
STO
ޚަބަރު

ކުޅުދުއްފުށި ސިޓީއަށް ރައީސް މުޢިއްޒުގެ ސަރުކާރުން މިހާތަނަށް 5 ޖެން ސެޓް ގެންގޮސްފި

 ކުޅުދުއްފުށި ސިޓީއަށް ރައީސް މުޢިއްޒުގެ ސަރުކާރުން މިހާތަނަށް 5 ޖެން ސެޓް ގެންގޮސްފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ޖުލައި 13

ކުޅުދުއްފުށި ސިޓީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ ސަރުކާރުން މިހާތަނަށް 5 ޖެން ސެޓް ގެންގޮސްފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

މިކަން ހާމަކޮށްފައިވަނީ ކުޅުދުއްފުށި ސިޓީއަށް އެ ކުންފުނިން މިއަދު އިތުރު ޖެން ސެޓެއް ގެންދިއުމަށްފަހު، އެ މަޢުލޫމާތު އާންމު ކުރުމަށް އެ ކުންފުނިން ކުރި ޕޯސްޓެއްގައެވެ.

ފެނަކައިން ބުނީ ކުޅުދުއްފުށީ ސިޓީގައި ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އެ ސިޓީއަށް ބޭނުންވާ 1200 ކިލޯވޮޓުގެ އާ ޖެންސެޓެއް މިހާރު ވަނީ އެ ރަށަށް ގެންގޮސް ބާލާފައިވާ ކަމަށެވެ.

"މިއީ ރައީސުލްޖުމްހޫރިއްޔާ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، 2024 އާއި 2026 ވަނަ އަހަރާ ދެމެދު ކުޅުދުއްފުށީ ސިޓީއަށް ގެނެވުނު 5 ވަނަ ޖެންސެޓް." އެ ކުންފުނިން ބުނެފައިވެއެވެ.

 

View post on Twitter

 

ފެނަކައިން ބުނީ މި ޖެންސެޓް އިންސްޓޯލްކޮށް ނިމުމުން، ކުޅުދުއްފުށި ސިޓީގައި ދެމުން އަންނަ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށެވެ.

ދިވެހި ރައްޔިތުންނަށް ބޭނުންވާ ކަރަންޓްގެ އަސާސީ ޚިދުމަތް މެދުނުކެނޑި ދިނުމަށްޓަކައި ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަ ކުރެވެއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް