
އެމްޕީއެލްގެ އެމްޑީއަކަށް ރިޝްވާން އައްޔަނުކޮށްފި!
ޒައުޖަތު އަޙުމަދުމޯލްޑިވްސް ޕޯޓްސް އޮތޯރިޓީ، އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް މުޙައްމަދު ރިޝްވާންު މިއަދު އައްޔަނު ކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން މިއަދު ބުނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަޤާމަށާއި ބޯޑު ޑިރެކްޓަރު ކަމުގެ މަޤާމަށް ހ. ހަބަރުގެ، އަލްފާޟިލް މުޙައްމަދު ރިޝްވާނު، މިއަދު ވަނީ އައްޔަނު ކުރެވިފައިވާ ކަމަށެވެ.
ރިޝްވާނަކީ ކުރިން ފުލުހުންގެ އިދާރާގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އޭނާ ވަނީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމު އަދާކުރައްވައިފައެވެ. އޭގެފަހުން ރިޝްވާނު ވަނީ އައިޖީއެމް އެޗްގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމު ވެސް އަދާ ކުރައްވައިފައެވެ.
ރިޝްވާނު އެ މަޤާމަށް އައްޔަނު ކުރައްވާފައި މިވަނީ އެމްޕީއެލްގެ މެނޭޖިން ޑައިރެކްޓަރުގެ މަޤާމުގައި ހުންނެވި މުޙައްމަދު ވަޖީހު މި ފެބުރުއަރީ މަހުގެ 2 ވަނަ ދުވަހު ވަކިކުރުމަށް ފަހުގައިކަން ފާހަގަ ކުރެވެއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ރާއްޖެ އަންނަ އާގު ބޯޓުފަހަރަށް 24 ގަޑިއިރު ޕޯޓް ލިމިޓް އޭރިއާއަށް ވަދެވޭ ގޮތް ހަދައިފި2026 ޖެނުއަރީ 25
ސްޓެލްކޯގެ އެމްޑީ ޝަމާޙް އެ މަޤާމުން ވަކިކޮށްފި2026 ޖެނުއަރީ 11
ނުކުޅެދުންތެރިކަން ހުންނަ 40 ފަރާތަކަށް އެމްޕީއެލްއިން ވަޒީފާ ދީފި2025 ނޮވެމްބަރު 20
ސިނގިރޭޓް ކޮންޓެއިނާ ގެއްލުނު މައްސަލަ: އެމްޕީއެލްގެ ހަ މުވައްޒަފަކު ސަސްޕެންޑްކޮށްފި2025 އޮކްޓޯބަރު 15