
ނުކުޅެދުންތެރިކަން ހުންނަ 40 ފަރާތަކަށް އެމްޕީއެލްއިން ވަޒީފާ ދީފި
ޒައުޖަތު އަޙުމަދުމޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން ނުކުޅެދުންތެރިކަން ހުންނަ 40 ފަރާތަކަށް ވަޒީފާ ހަމަޖައްސައި، އެކަމާބެހޭ ލިޔުން މިއަދު އެ ފަރާތްތަކާ ހަވާލުކޮށްފިއެވެ.
މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުގެ ތެރެއިން ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ދިން ފުރުޞަތުތަކެކެވެ.
މިއަދު ހެނދުނު މީރުމާ ހޯލްގައި ބޭއްވި ރަސްމިއްޔާތުގައި، އެ ފަރާތްތަކަށް ވަޒީފާ ލިބުނުކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އެކަމަނާ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުގެ ވަޒީފާ ލިބޭނެ ފުރުސަތު ފަހިވެގެންދިޔުމަކީ އިންސާނީ ކަރާމާތަށް އިސްކަންދިނުމުގެ މަތިވެރި ނިންމުމެއް ކަމަށެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މި ސިޔާސަތުގެދަށުން އެމްޕީއެލްއިން ވަޒީފާ ދިން 40 ފަރާތުގެ ތެރޭގައި، މާލެއިން 35 ފަރާތަކާއި ކުޅުދުއްފުށި ޕޯޓާއި ހިތަދޫ ޕޯޓްގެ ވަޒީފާތަކަށް ހަމަޖެއްސި ފަރާތްތައްވެސް މި ބައިގައި ހިމެނެއެވެ.
ދައުލަތުގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފޯރުކޮށްދިނުމަކީ ރައީސުލްޖުުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
މި މަސައްކަތަކީ މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓާއި އެމްޕީއެލްއާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކޮށްދީ، ވަޒީފާގެ ހަމަހަމަ ފުރުޞަތުތައް ފަހިކޮށްދިނުމަށް ކުރިއަށްގެންދެވުނު މުހިންމު މަސައްކަތެކެވެ.
މި ވަޒީފާ ފުރުސަތުތައް އެމްޕީއެލްއިން ފޯރުކޮށްދިނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފޯރުކޮށްދިނުމަށް އެމްޕީއެލްއިން އަލަށް ތަޢާރަފްކުރި ”ފަހި“ ޕްރޮގްރާމްގެ ދަށުންނެވެ.
އެމްޕީއެލްގެ އެކި ދާއިރާތަކުގައި، ނުކުޅެދުންތެރިކަން ހުންނަ 32 ފަރާތެއް މަސައްކަތްކުރެ އެވެ. މީގެ ތެރޭގައި 10 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކޮށްފައިވާ މުވައްޒަފުންވެސް ހިމެނޭކަން ފާހަގަކުރެވެއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ސިނގިރޭޓް ކޮންޓެއިނާ ގެއްލުނު މައްސަލަ: އެމްޕީއެލްގެ ހަ މުވައްޒަފަކު ސަސްޕެންޑްކޮށްފި2025 އޮކްޓޯބަރު 15
އެމްޕީއެލްގެ އެމްޑީއަކަށް ރިޝްވާން އައްޔަނުކޮށްފި!2025 ފެބްރުއަރީ 05
އެމްޕީއެލްއަށް ފުރަތަމަ ފަހަރަށް ސަރަހައްދީ ދެ އެވޯޑް ލިބިއްޖެ!2024 ޑިސެމްބަރު 23