logologologologo
STO
ޚަބަރު

ފާއިތުވި އެއް މަސްތެރޭ 56 ރަށަށް އެމްބިއުލާންސް ފޮނުވައިފި

ފާއިތުވި އެއް މަސްތެރޭ 56 ރަށަށް އެމްބިއުލާންސް ފޮނުވައިފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ފެބްރުއަރީ 25

ފާއިތުވި އެއް މަސްތެރޭ 56 ރަށަށް އެމްބިއުލާންސް ފޮނުވައިފިއެވެ.

އެމްބިއުލާންސްގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ހުރިހާ ރަށަކަށް ފޯރުކޮށްދިނުމުގެ މަސައްކަތުގެ ދަށުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަސައްކަތް ފެށީ މިދިޔަ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހުއެވެ. އަދި މަސައްކަތް އެއްކޮށް ފެބްރުއަރީ 14 ވަނަ ދުވަހަށް ނިންމާލާފައިވާ ކަމަށް އެކުންފުނިން ބުނެފައިވެއެވެ.

މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަތޮޅުތަކުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި އެކި މުއައްސަސާތަކުގެ ވެރިންނާއި ބައްދަލުކުރައްވާ އެރަށްރަށުގައި ހުރި އެކި މައްސަލަތައް ދެނެގަތުމުގެ ތެރެއިން ފެއްޓެވި މަސައްކަތެވެ.

އެމްޕީއެލްއާ އެ މަސައްކަތް ހަވާލުކޮށްފައިވަނީ 2025 ވަނަ އަހަރު ކޮންޓުރެކްޓަރ ފައިނޭންސް އުސޫލުގެ ތެރެއިންނެވެ. މި މަޝްރޫޢަށް 65.3 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މި މަސައްކަތުގެ ދަށުން ފުރަތަމަ 56 އެމްބިއުލާންސް މާލެ ގެނެސް އެރަށްތަކާއި ތަޅުދަނޑު ވަނީ ހަވާލުކޮށްފައެވެ.

އެމްޕީއެލްއިން ވަނީ އެމްބިއުލާންސްތައް ހަވާލުކުރުމުގެ އިތުރުން، އެ ތަކެތި ދުއްވުމާއ،ި މަރާމާތުކޮށް ބެލެހެއްޓުމާ ގުޅޭ ފަންނީ މަޢުލޫމާތު އެމްޕީއެލްގެ މެކޭނިކަލް ޓީމުން ވަނީ ހޮސްޕިޓަލްތަކާއި ސިއްޙީ މަރުކަޒުތަކުގެ މުވައްޒަފުންނަށް ފޯރުކޮށްދީފައެވެ. އަދި މިހާރު ބޭނުންކުރަމުންދާ ބައެއް އެމްބިއުލަންސްތަކަށް ދިމާވެފައިވާ މައްސަލަތައް ދެނެގަތުމަށް އެތަންތަނަށް އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށް އެމްޕީއެލްއިން ބުންޏެވެ.

MALDIVE GASAllied Insurance
އިތުރަށް