
ސިނގިރޭޓް ކޮންޓެއިނާ ގެއްލުނު މައްސަލަ: އެމްޕީއެލްގެ ހަ މުވައްޒަފަކު ސަސްޕެންޑްކޮށްފި
މޯލްޑިވްސް ކަސްޓަމްސް ސަވިސްއިން ހިފެހެއްޓި ދެ ކޮންޓެއިނަރެއްގައި ހުރި ސިނގިރެޓް މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) ގެ ހުޅުމާލެ ޓާމިނަލްއިން ގެއްލުނު މައްސަލައިގައި އެމްޕީއެލްގެ ހަ މުވައްޒަފަކު ސަސްޕެންޑްކޮށްފިއެވެ.
މި މައްސަލާގައި ފުލުހުން މިހާރުވަނީ 4 މީހަކު ހައްޔަރުވެސް ކޮށްފައެވެ.
އެމްޕީއެލްގެ ނެރުނު ބަޔާނުގައި ވިދާޅުވީ، އެ ކޮންޓެއިނަރުތައް ގެއްލުނުކަން މި މަހުގެ އަށް ވަނަ ދުވަހުގެ ރޭ ފާހަގަވި ވަގުތުން ފެށިގެން، މި ކުންފުނިން އެތެރޭގެ ތަހުގީގެއް ފަށާފައިވާ ކަމަށެވެ.
އަދި ކުންފުނީގެ ތަހުގީގުން މިހާތަނަށް ހޯދިފައިވާ މައުލޫމާތަށް ރިއާޔަތްކޮށް، އޮކްޓޯބަރު 12 ވަނަ ދުވަހުން ފެށިގެން އެ ކުންފުނީގެ ފަސް މުވައްޒަފުން ވަޒީފާއިން ސަސްޕެންޑްކޮށްފައިވާ ކަމަށާއި، އަދި އިތުރު މުވައްޒަފަކު އޮކްޓޯބަރ 15 ވަނަ ދުވަހުން ފެށިގެން ވަޒީފާއިން ސަސްޕެންޑްކޮށްފައިވާ ކަމަށް އެމްޕީއެލް އިން ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން ކުންފުނީގެ ހިންގުމުގައި އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް ދެނެގަތުމަށް ކުންފުނީގެ ތަހުގީގު ކޮމެޓީ، ރިސްކް ޑިޕާޓްމަންޓް އަދި އިންޓަނަލް އޮޑިޓްއިން މިހާރުވެސް މި މައްސަލައާ ގުޅޭ ތަހުގީގު އަދި އޮޑިޓްތަކުގެ މަސައްކަތްތައް ކުރިއަށް ގެންދަމުންދަ ކަަމަށް އެމްޕީއެލް އިން ވިދާޅުވެފައި ވެއެވެ.
އެމްޕީއެލް އިން ވިދާޅުވިގޮތުގައި މި މައްސަލައާ ގުޅިގެން ކުންފުނީގެ ސެކިއުރިޓީ އާކިޓެކްޗާ އިތުރަށް ހަރުދަނާކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ދައުލަތުގެ ސަލާމަތީ ބާރުތަކާއި ޤާނޫނު ތަންފީޒުކުރާ މުއައްސަސާތަކާއި ވުޒާރާތަކާއި ގުޅިގެން ވަނީ ފަށައިފައެވެ. އެގޮތުން މިފަދަ ކަމެއް ތަކުރާރުވެ ނުދިއުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން، ކަސްޓަމްސް މިނިސްޓްރީ އޮފް ޑިފެންސް، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަދި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހާއެކު މަޝްވަރާތައް މިހާރު ފަށާފައިވާ ކަަމަށް ވިދާޅުވިއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ނުކުޅެދުންތެރިކަން ހުންނަ 40 ފަރާތަކަށް އެމްޕީއެލްއިން ވަޒީފާ ދީފި2025 ނޮވެމްބަރު 20
ވަގަށް ނެގި ދެ ކޮންޓެއިނަރު ސިނގިރޭޓުގެ މައްސަލައިގައި ލޮޓަސްގެ ވެރިޔާ އާއްޓޭ ،އެޕޯލޯގެ ވެރިޔާ ދިގަލި އާއި އިތުރު ދެމީހަކު ހައްޔަރުކޮށްފި2025 އޮކްޓޯބަރު 15
ޤާނޫނާ ޚިލާފަށް ސިނގިރޭޓް ރާއްޖެ އެތެރެކުރި ބިދޭސީއަކު ހައްޔަރުކޮށްފި!2025 މޭ 25