ސިނގިރޭޓް ވައްކަން- އާއްޓޭއާއި ދިގަލި ބަންދުން ދޫކޮށްލައިފި

ސިނގިރޭޓްގެ ބޮޑު ވައްކަމުގައި ހިމެނޭ ދެ ވިޔަފާޜިވެރިން ކަމުގައިވާ އަޙުމަދު އާރިފް، އާއްޓޭއާއި މުޙައްމަދު ވަޙީދު، ދިގަލި ބަންދުން ދޫކޮށްލައިފިއެވެ.
މި މީހުން ފުލުހުންގެ ބަންދުން ދޫކޮށްލާފައި ވަނީ އެ މީހުންގެ މައްޗަށް ދަޢުވާކުރަން ޕީޖީ އޮފީހަށް ފޮނުވުމަށްފަހުގައެވެ.
މި ދެ ވިޔަފާރިވެރިން ހައްޔަރުކޮށްފައި ވަނީ ޤަވާޢިދާ ޚިލާފަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގައި ހުރި 13 މިލިއަން ސިނގިރޭޓު ވަގަށް ނެގި މައްސަލައާ ގުޅިގެންނެވެ.
މި މައްސަލާގައި އެ ދެ މީހުންގެ އިތުރުން ބަންދުކުރި އެންމެން ވެސް ތިބީ ޝަރީޢަތް ނިމެންދެން ބަންދުކޮށްފައެވެ.
އެ ދެ މީހުންގެ އިތުރުން އެ މައްސަލާގައި ހައްޔަރުކުރީ؛ ހުޅުމާލެ ޕޯޓުގައި މަސައްކަތްކުރާ ކަސްޓަމްސްގެ އިސް މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާޢީލް، ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް މުއާޒް އަލީ، ވައްކަން "ކާމިޔާބުކުރަން" އެހީވި ކަމަށް ތުޙުމަތުކުރާ ޙަސަން ޢަބްދުއްރަޙްމާން، ސިނގިރޭޓް ދެ ކޮންޓެއިނާ އުފުލި ދޯނީގެ ކެޕްޓަން އާދަމް ވަޙީދު، އެމްޕީއެލްގެ މުވައްޒަފުން ކަމަށްވާ އަޙުމަދު ޝަހީމް، އަޙުމަދު ފިރުޝާން އަދި ޙުސައިން ސާމިހް އެވެ.
ސިނގިރޭޓް ކޮންޓެއިނަރުތައް އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގައި ބެހެއްޓީ އެ ސިނގިރޭޓުތައް ވަގަށް ރާއްޖެ އެތެރެކުރި މައްސަލައިގެ ތަޙުޤީޤު ނިންމައި ޕީޖީ އޮފީހަށް ނުފޮނުވޭތީ ކަމަށް ކަސްޓަމްސް އިން ބުނެފައިވެއެވެ.
އިތުރަށް





.gif.gif&w=828&q=100)
