logo
logo
އެމެރިކާއިން ޣައްޒާއާ ހަވާލުވާނެ ކަމަށް ޓްރަމްޕު ބުނެފި!

އެމެރިކާއިން ޣައްޒާއާ ހަވާލުވާނެ ކަމަށް ޓްރަމްޕު ބުނެފި!

2025 ފެބްރުއަރީ 05
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

އެމެރިކާއިން ޣައްޒާއާ ހަވާލުވާނެ ކަމަށް އެމެރިކާގެ ރައީސް ޑްނަލަޑް ޓްރަމްޕު ބުނެފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ޓަރަމްޕް މިހެން ބުނެފައި ވަނީ މިވަގުތު އެމެރިކާގައި ހުރި، އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ނަތަންޔާހޫއާ އެކު އެމެރިކާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ނޫސްވެރިންގެ މި ބައްދަލުވުމުގައި ޓްރަމްޕް ބުނީ އެމެރިކާއިން ޣައްޒާއާ ހަވާލުވެ އެތަނުގައި ނުގޮވާ ހުރި ބޮންތައް ނައްތާލާ، ހަނގުރާމައިގެ ހަތިޔާރުތަކާ އުޅަނދުތައް ނަގާ ސާފުކުރާނެ ކަމަށާ އަދި ހަލާކުވެފައިހުރި އިމާރާތްތައް ނަގާ ބިން ސާފުކޮށް ލެވެލްކޮށް އެތަން ތަރައްޤީ ކުރާނެ ކަމަށެވެ. އަދި އެތަރައްޤީގެ ސަބަބުން ސަރަޙައްދުގައި އުޅޭ މީހުނަށް ވަޒީފާއާއި ގެދޮރުވެރިކަން ލިބޭނެ ކަމަށް ވެސް އޭނާ ބުންޏެވެ. އަދި އެ ތަނަކީ މެދުއިރުމަތީގެ މީހުން ފަޚުރުވެރިވާނެ ފަދަ ތަނަކަށް ވާނެ ކަމަށް ވެސް ޓްރަމްޕް ބުންޏެވެ.

ޣައްޒާއަށް އެމެރިކާގެ ލަޝްކަރީން ފޮނުވާނަންތޯ ނޫސްވެރިއަކު ސުވާލުކުރުން، އެކަން ކުރަންޖެހިއްޖެއިއްޔާ އެކަން ވެސް ކުރާނެ ކަމަށް ޓްރަމްޕް ބުނެފައިވެއެވެ.

ޓްރަމްޕް އިތުރަށް ބުނީ އެމެރިކާއިން ޣައްޒާ ހިފަން ނިންމީ ވަރަށް އެ ބޮޑަށް އެ މައްސަލަ އޭނާ ދިރާސާކޮށްފައި ކަމަށާ އެ ތަނަކީ ނުރައްކާތެރި ތަނެއް ކަމަށާ އަދި އިތުރަށް ޣައްޒާގެ ޙާލަތު ގޯސްވާނެ ކަމަށާ މެދުއިރުމައްޗަށް ހަމަޖެހުން ގެނައުމަށް އެމެރިކާއަށް އެހީތެރިވެވެން އޮތިއްޔާ އެކަން ކުރާނެ ކަމަށެވެ.

ފަލަސްޠީނު މީހުން ބޭރުކޮށް، ޣައްޒާ ތަރައްޤީ ކުރުމުން އެތަނުގައި ދިރިއުޅޭނީ ކޮންބައެއްތޯ ސުވާލުކުރުމުން ޓްރަމްޕް ބުނީ ދުނިޔޭގެ މީހުން ކަމަށެވެ.

މި ބައްދަލުވުމުގައި ނަތަންޔާހޫ ބުނީ އިސްރާއީލުގެ ސަލާމަތަށްޓަކައި އެކަން ކުރަންޖެހޭ ކަމަށާ ހަމާސްއިން އިސްރާއީލަށް އެއްވެސް ގެއްލުމެއް ނުދެވޭނެކަން ކަށަވަރު ކުރަންޖެހޭ ކަމަށެވެ.

ޓްރަމްޕް ވަނީ ޣައްޒާއިން މީހުން ބޭލުމުގެ ޕްލޭނެއް އޭނާގެ އޮތް ކަމަށާ ޣައްޒާއިން މީހުން ޖޯޑަންއަށާ މިސްރަށް ގެންދިއުމަށް އެ ދެ ޤައުމުގެ ވެރިންނާ ވާހަކަ ދައްކާނެ ކަމަށް ކުރިން ބުނެފައެވެ. އަދި ޣައްޒާމީހުން އެތަނުން ފޭބުން ނޫން ގޮތެއް ނެތްކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

މި މައްސަލާގައި ޖޯޑަން، މިސްރު، އަދި ޢަރަބި އެހެން ޤައުމުތަކުގެ އިތުރުން، ޔޫރަޕްގެ ޤައުމުތަކުގެތެރެއިން އިނގިރޭސިވިލާތް، ފޮރާންސް އަދި ޖަރުމަނުން ވަނީ ޣައްޒާއިން މީހުން ބޭލުމަށްޓަކައި ޓްރަމްޕްގެ މި ހުށަހެޅުމަށް ދެކޮޅުހަދައިފައެވެ.

ޣައްޒާއިން މީހުން ބޭލުމަށް ޓްރަމްޕް ގެންގުޅޭ ޕްލޭންއަކީ ނަސްލު ނައްތާލުމަށް ހިންގަންއުޅޭ ޢަމަލެއްކަމަށް ބުނެ ދުނިޔޭގެ ކަންކޮޅުތަކުން އެކަން ކުށްވެރިކުރަމުން އަންނަކަން ފާހަގަ ކުރެވެއެވެ.

 

 

 

 

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް