
ޣައްޒާ ޤަތުލުއާންމުގައި ސާދަ ހާސް މީހުން ގެއްލިފައިވާކަމަށް ކަނޑައަޅައިފި!
ޒައުޖަތު އަޙުމަދުޣައްޒާ ޤަތުލުއާންމުގައި ސާދަ ހާސް މީހުން ގެއްލިފައިވާކަމަށް ކަނޑައަޅައިފިއެވެ.
އިސްރާއީލުން ޣައްޒާގައި ހިންގި ޤަތުލުއާންމުގައި ގެއްލުނު މީހުންގެ އަދަދު ސާދަ ހާހަށް އަރާ ކަމަށާ އެ އަދަދާއިއެކު ޝަހީދުކުރި މީހުންގެ އަދަދު 61،709 އަށް އަރާ ކަމަށް ޣައްޒާގެ މީޑިއާ އޮފީހުން މިއަދު ބުނެފިއެވެ.
ޣައްޒާ ސިޓީގައި ހުންނަ އަލްޝިފާ ހޮސްޕިޓަލުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޣައްޒާގެ މީޑިއާ އޮފީހުގެ ފަރާތުން ވާހަކަ ދައްކަވަމުން، ސަލާމާ މަޢުރޫފް ވިދާޅުވީ ގެއްލިފައިވާ މީހުންގެ ތެރެއިން 76 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށާ، މަދުވެގެން 14،222 މީހުން އަދިވެސް ފެނިފައި ނުވާތީ އެމީހުން ޝަހީދުވެފައިވާ ކަމަށް ނިންމާފައިވާ ކަމަށެވެ. އެމީހުންގެ ހަށިގަނޑުތައް ވަނީ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި، ސަލާމަތް ނުކުރެވޭ ހިސާބުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
ސަލާމާ ވިދާޅުވީ ޝާހީދުވި މީހުންގެ ތެރޭގައި 17،881 އަކީ ކުޑަކުދީން ކަމަށާ އޭގެތެރޭގައި އަލަށް އުފަންވި 214 ތުއްތުކުދިން ހިމެނޭ ކަމަށެވެ.
ސަލާމާ ވިދާޅުވީ އަސާސީ ޚިދުމަތްތައް ނުލިބި، 2 މިލިއަނަށްވުރެ ގިނަ މީހުން އެމީހުންގެ ގެދޮރުން ނެރެ މަގުމަތިކޮށްފައިވާ ކަމަށާ ބައެއް މީހުން 25 ފަހަރުވެސް ގެދޮރުން ބޭރުކޮށްފައިވާ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ އެ ޤަތުލުއާންމުގައި 111،588 މީހުން ޒަޙަމްވެފައިވާ ކަމަށެވެ.
ޣައްޒާ ޤަތުލުއާންމު މިދިޔަ ޖެނުއަރީ މަހުގެ 19 އިން ފެށިގެން މެދުކަނޑާލައި އަސީރުން ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، އުތުރު ޣައްޒާއިން ބޭރުކޮށްލި ގިނަ ބަޔަކު މިހާރުވަނީ އެ މީހުންގެ ގެދޮރަށް އެނބުރި އައިސްފައެވެ. ނަމަވެސް މުޅި ޣައްޒާގެ އިމާރާތްތައް ބޮންއަޅައި ބިމާ ހަމަކޮށްފައިވާކަން ފާހަގަ ކުރެވެއެވެ.
އިސްރާއީލުން ޣައްޒާއަށް ދެމުންދިޔަ ހަމަލާތައް ހުއްޓާލާފައިވީ ނަމަވެސް ހުޅަނގު އައްސޭރީގެ ޖެނިންގައި މިހާރު ޤަތުލުއާންމު ކުރިއަށް ގެންދާ ކަމަށް މީޑިއާ ރިޕޯޓްތައް ވަނީ ބުނެފައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
އެއްބަސްވުމާ ޚިލާފުވެ، އިސްރާއީލުން ޣައްޒާ އަށް ދޭ ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފި2025 ނޮވެމްބަރު 21
ފަލަސްޠީނުގެ މިނިވަންކަން އިޢުލާންކުރި ދުވަހުގެ މުނާސަބަތުގައި ރައީސް، ތަހުނިޔާ ވިދާޅުވެއްޖެ2025 ނޮވެމްބަރު 15
ބޯކޮށް ވާރޭވެހި ޣައްޒާގެ ރައްޔިތުން ދިރިއުޅޭ ޓެންޓުތަކުގައި ފެންބޮޑުވެއްޖެ2025 ނޮވެމްބަރު 14
ރާއްޖެ އާއި ފަލަސްތީނު ވާދަކުރާ އެކުވެރިކަމުގެ ފުރަތަމަ މެޗު މިރޭ2025 ނޮވެމްބަރު 13