logo
logo
އެންމެ ގިނައިން މަސް ކިރީ މި އަހަރުގެ ޖެނުއަރީގައި

އެންމެ ގިނައިން މަސް ކިރީ މި އަހަރުގެ ޖެނުއަރީގައި

2025 ފެބްރުއަރީ 03
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

ފާއިތުވި 28 އަހަރު ތެރޭ ޖެނުއަރީ މަހެއްގައި ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް އެންމެ ގިނައިން މަސް ކިރީ މި އަހަރު ކަމަށް ފިޝަރީޒް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީން މިއަދު ބުނީ މިދިޔަ މަހު މިފްކޯއަށް 8،324 މެޓްރިކް ޓަނުގެ މަސް ކިރުވާފައިވާ ކަމަށެވެ.

 

ސަރުކާރުގެ ވައުދަކީ މަސް ކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި ކިރާ މަހަށް ފައިސާ ދޫކުރުމެވެ. މިދިޔަ ޑިސެމްބަރު 10 އިން ފެށިގެން އެ ވައުދާ އެއްގޮތަށް ކިރާ މަހަށް ފައިސާ ދޫކުރަން ވަނީ ފަށައިފަ އެވެ. މިފްކޯ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ޖެނުއަރީ މަހު މިފްކޯއަށް މަސް ކިރުވި ދޯނިތަކަށް 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ދޫކޮށްފަ އެވެ.

 

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް