logo
logo
މި އަހަރު ތެރޭގައި 23 އައިސްޕްލާންޓު އޮޕަރޭޝަނަށް ގެންނަން އަމާޒު ހިފައިފި

މި އަހަރު ތެރޭގައި 23 އައިސްޕްލާންޓު އޮޕަރޭޝަނަށް ގެންނަން އަމާޒު ހިފައިފި

2026 މާރިޗު 04
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

މި އަހަރުގެ ނިޔަލަށް ޖުމްލަ 23 ރަށެއްގައި އައިސްޕްލާންޓް ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތް ނިންމައި، އޮޕަރޭޝަނަށް ގެނައުމަށް އަމާޒު ހިފާފައިވާކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ޝިޔާމް ވިދާޅުވީ މަސްވެރިންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށްޓަކައި ކުރާ މަސައްކަތްތުގެ ތެރެއިން އައިސް ލިބުމުގެ ދަތިތައް ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

އެގޮތުން ހަ ރަށެއްގައި ގާއިމްކުރި އައިސްޕްލާންޓްތައް އޮޕަރޭޝަނަށް ގެނެސްފައިވާއިރު، އިތުރު ނުވަ އައިސްޕްލާންޓެއްގެ އަމަލީ މަސައްކަތް ކުރިއަށްދާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަމަލީ މަސައްކަތް ކުރިއަށްދާ އައިސް ޕްލާންޓްތައް:

- ލ. މާބައިދޫ
- ލ. މާވަށް
- ލ. ހިތަދޫ
- މ.ވޭވަށް
- ޅ. ނައިފަރު
- ށ. ކޮމަންޑޫ
- މ. މުލައް
- ކުޅުދުއްފުށި ސިޓީ
- ދ. ހުޅުދެލި

މީގެއިތުރުން، ފަސް އައިސްޕްލާންޓެއްގެ މަސައްކަތް ސައުދީ ފަންޑުން ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެތެރޭގައި، ގދ. ރަތަފަންދޫ، އއ. ރަސްދޫ، ހއ. ދިއްދޫ، ގއ. ދާންދޫ އަދި ކ. ގާފަރު ހިމެނެ އެވެ.

ސަރުކާރު ބަޖެޓުން، ގއ. ނިލަންދޫ، ގއ. ވިލިނގިލި އަދި ގއ. މާމެންދޫގައި ގާއިމުކުރާ އައިސްޕްލާންޓުތަކާ އެކު، ސަރުކާރުގެ އަމާޒަކީ އެ މަސައްކަތް މި އަހަރުގެ ތެރޭގައި ނިންމައި، އެ ތަންތަން އޮޕަރޭޝަނަށް ގެނައުން ކަމަށް ޝިޔާމް ވިދާޅުވި އެވެ.

އައިސް ޕްލާންޓްތަކުގެ އިތުރުން ކޯލްޑް ސްޓޯރޭޖްތައް ޤާއިމްކުރުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ. ރާއްޖޭގައި މިހާރު ކޯލްޑް ސްޓޯރޭޖްގެ ކެޕޭސިޓީއަކީ 9500 މެޓްރިކް ޓަނުގައެވެ. އަދި އެއަދަދު 25000 ޓަނަށް އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އެކަން ކުރުމަށްޓަކައި މިހާރުވެސް 4 ރަށެއްގައި ކޯލްޑް ސްޓޯރޭޖް ޤާއިމްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް