ހުރާގައި އުޅެމުންދިޔަ 46 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެދަށަށް!

ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ދެނެގަތުމަށް، އިމިގްރޭޝަނުން މާލެ އަތޮޅު ހުރާގައި ހިންގި ޚާއްސަ އޮޕަރޭޝަންގައި 46 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން ބުނީ ރަށްރަށުގައި ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް، އިއްޔެ ހެނދުނު 6:00 އިން ހަވީރު 5:00 އަށް ޓާސްކުފޯހުން، ކ. ހުރާގައި ހާއްސަ ރެއިޑު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އަދި މި އޮޕަރޭޝަންގައި، ހުރާގައި ޤަވާޢިދާ ޚިލާފަށް އުޅެމުންދިއަ 46 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކޮށް ދެއްވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. އެގޮތުން ، ކަމާގުޅޭ އިދާރާތައް ގުޅިގެން ޓާސްކްފޯހެއް އުފައްދައިގެން ކުރަމުން އަންނަ މަސައްކަތުގައި މިހާތަނަށް 5000 އަށްވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓްކޮށްފައެވެ.
މީގެއިތުރުން ރާއްޖޭގައި އުޅޭ ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ދާޚިލި ސަލާމަތާބެހޭ ވުޒާރާއިން ޚާއްޞަ ޕްރޮގްރާމެއް ކުރިއަށް ގެންދާކަން ފާހަގަ ކުރެވެއެވެ. "އޮޕަރޭޝަން ކުރަނގި" ނަމުގައި 2024 ވަނަ އަހަރު މެއި މަހުން ފެށިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި މިހާތަނަށް 25 ހާހަށްވުރެ ގިނަ ބިދޭސީއެއް ބަޔޮމެޓޮރިކް މައުލޫމާތު އެއްކޮށްފައިވާ ކަމަށް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
އިތުރަށް





.gif.gif&w=828&q=100)