logologologologo
STO
ޚަބަރު

އަނެއްކާވެސް ހުރާގައި ޤަވާޢިދާ ޚިލާފަށް އުޅެމުންދިޔަ ގިނަ އަދަދެއްގެ ބިދޭސީން އަތުލައިގެންފި

އަނެއްކާވެސް ހުރާގައި ޤަވާޢިދާ ޚިލާފަށް އުޅެމުންދިޔަ ގިނަ އަދަދެއްގެ ބިދޭސީން އަތުލައިގެންފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ނޮވެމްބަރު 25

މާލެއަތޮޅު ހުރާގައި ޤަވާޢިދާ ޚިލާފަށް އުޅެމުންދިޔަ ގިނަ އަދަދެއްގެ ބިދޭސީން އަތުލައިގެންފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ގަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، މަސައްކަތްކުރާ ބިދޭސީން ބަލާފާސްކުރުމަށް ޓާސްކުފޯހުން އިއްޔެ ހެނދުނު 6:00 އިން ހަވީރު 5:00 އަށް ކ. ހުރާގައި ހާއްސަ ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އެ އިދާރާއިން ބުނީ މި އޮޕަރޭޝަނުގައި 341 މީހަކު ބަލައިފާސްކޮށްފައިވާ ކަމަށެވެ. އަދި އެމީހުންގެ ތެރެއިން 43 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

މިދިޔަ 2025 ވަނަ އަހަރު ޖަނަވަރީ މަހު ވެސް ހުރާގައި ހިންގި މިފަދަ ޚާއްސަ އޮޕަރޭޝަންގައި 46 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެދަށަށް ގެނައިކަން ފާހަގަ ކުރެވެއެވެ.

 

View post on Twitter

 

ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީންގެ މައްސަލައަކީ ޒަމާންވީ މައްސަލައެއް ނަމަވެސް ފާއިތުވި ސަރުކާރުތަކުގައި މިކަމަށް ހައްލެއް ހޯދިފައެއް ނުވެއެވެ. ނަމަވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، ކަމާބެހޭ އިދާރާތައް ހިމަނައިގެން ޚާއްޞަ ޓާސްކްފޯހެއް އުފައްދަވައިގެން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަ ކުރެވެއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް