logologologologo
STO
ޚަބަރު

ބިދޭސީންގެ މައްސަލަ- ހުޅުމާލެއިން 3 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ބިދޭސީންގެ މައްސަލަ- ހުޅުމާލެއިން 3 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޮކްޓޯބަރު 19

ޤަވާޢީދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ހުޅުމާލެއިން 3 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

އިމިގްރޭޝަނުން ބުނީ ހުޅުމާލޭގައި ޤަވާޢިދާ ޚިލާފަށް ހިންގަމުންދާ ކެފޭތަކެއް ބަލައި ފާސްކޮށް، ޤަވާޢީދާ ޚިލާފަށް މަސައްކަތްކުރަމުންދިޔަ 3 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އިމިގްރޭޝަނާއި ފުލުހުން ގުޅިގެން އުފައްދާފައިވާ ޚާއްސަ ޓާސްކް ފޯސްއިން ހުޅުމާލޭގައި ހިންގި މި ރެއިޑް އޮޕަރޭޝަނުގައި، ޖުމްލަ 22 ބިދޭސީއަކު ޗެކްކޮށްފައިވެއެވެ.

ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅޭ އަދި ހުއްދަ ނެތި ވިޔަފާރިކުރާ ބިދޭސީންގެ މައްސަލައަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދީގެން ހައްލުކުރަމުން އަންނަ ޤައުމީ މައްސަލައެކެވެ.

މިގޮތުން ފުލުހުންނާއި އިމިގްރޭޝަނާއި ކަމާބެހޭ އެހެނިހެން މުއައްސަސާތައް ގުޅިގެން އަންނަނީ މާލެ ސަރަހައްދާއި އަތޮޅުތަކުގެ ރަށްރަށުގައި ވެސް ޚާއްސަ އޮޕަރޭޝަންތައް ހިންގަމުންނެވެ.

"އޮޕަރޭޝަން ކުރަންގި" ޕްރޮގްރާމްގެ ދަށުން ބިދޭސީންގެ ސައްހަ މައުލޫމާތު އެއްކޮށް، ޤަވާޢީދާ ޚިލާފުވާ ފަރާތްތައް ފޮނުވާލުން، ނުވަތަ ޤަވާޢީދުގެ ތެރެއަށް ފެއްތުމުގެ މަސައްކަތްތައް ވެސް ބާރުމިނުގައި ސަރުކާރުން ދަނީ ކުރަމުންނެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް