ދިވެހި ޕާސްޕޯޓް ފޮތުގެ އައު ސްޓޮކް ލިބި، ކުރިއެކޭ އެއްގޮތަށް ޕާސްޕޯޓް ދޫކުރަން ފަށަނީ

ދިވެހި ޕާސްޕޯޓް ފޮތުގެ އައު ސްޓޮކް ލިބި، ކުރިއެކޭ އެއްގޮތަށް ޕާސްޕޯޓް ދޫކުރަން ފަށަން އިމިގްރޭޝަނުން ނިންމައިފިއެވެ.
މި ޚިދުމަތް އަލުން ފަށަން ނިންމާފައި ވަނީ އަންނަ ހަފުތާއިން ފެށިގެން ކަމަށް މޯލްޑިވްސް އިމިޤްރޭޝަންއިން ބުންޏެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްނިއުސްގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި ޕާސްޕޯޓުގެ އައު ސްޓޮކް އަންނަ ހަފުތާއިން ފެށިގެން ލިބޭނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
އައު ސްޓޮކް ލިބުމާއެކު ކުރިއެކޭ އެއްގޮތަށް ޕާސްޕޯޓް ދޫކުރަން ފަށާނެ ކަމަށާއި އަދި ޕާސްޕޯޓް ދޫކުރަން ފެށުމުން އިމަރޖެންސީގައި އިންޑިއާ، ސްރީލަންކާ ފަދަ ޤައުމުތަކަށް ކުރު މުއްދަތަކަށް ދަތުރުކުރާ ފަރާތްތަކަށް ޕާސްޕޯޓް ދޫކުރާނީ އެފަދަ ޙާލަތްތަކުގައި އެކަނިކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.
ދިވެހި ޕާސްޕޯޓް ދޫކުރުމަށް ބައެއް ބަދަލުތައް ގެނައުމަށް މޯލްޑިވްސް އިމިގްރޭޝަނުން ނިންމީ، މިދިޔަ އޮގަސްޓުމަހުގެ 27 ވަނަ ދުވަހުއެވެ. މި ބަދަލު ގެންނަން ނިންމީ، ޕާސްޕޯޓް ބުކްލެޓް ރާއްޖެއަށް ފޯރުކޮށްދޭ ޖަރުމަނުވިލާތުގެ ކުންފުނީގެ ޕްރިންޓް ހައުސްގެ މެޝިންތަކަކަށް ދިމާވި މައްސަލަ ހައްލުވިނަމަވެސް ރާއްޖެއަށް ބުކްލެޓް ލިބުމުގައި ހުރި ދަތިތަކެއްގެ ސަބަބުންކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
ޕާސްޕޯޓް ފޮތުގެ ސްޓޮކް ދަތިވުމާއި ގުޅިގެން، ރާއްޖޭގައި ހުރެގެން ޕާސްޕޯޓު މުއްދަތު ހަމަވެގެން އައު ޕާސްޕޯޓެއް ހެއްދުމަށް އެދި ހުށަހެޅި ފަރާތްތަކަށް އައު ޕާސްޕޯޓެއް ދޫކުރުމުގެ ބަދަލުގައި، މިހާރު ދޫކޮށްފައިވާ މުއްދަތު ހަމަވެފައިވާ ނުވަތަ މުއްދަތު ހަމަވާ ޕާސްޕޯޓު އަންނަ އަހަރުގެ ޖޫން މަހުގެ 30އާ ހަމައަށް ދީފައިވާ މުއްދަތާއި ގުޅޭގޮތުން ދެން ޢަމަލުކުރާނެ ގޮތްވެސް އަންނަ ހަފުތާގެ ތެރޭގައި އިއުލާން ކުރާނެ ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.
އިތުރަށް





.gif.gif&w=828&q=100)